twitterviber whatsapp telegramfacebookyoutube instagram
15th August 2026

ކޮމަންޑޫގެ ބިން ހިއްކަން ފަށައިފި، ހަފުތާއެއްގެ ތެރޭގައި ނިމޭނެ !

Apr 10, 2018

އެމް.ޓީސީސީން ށ.ކޮމަންޑޫގެ ބިންހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

ކޮމަންޑޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އާރިފް ދުވަހުނޫސް “މިހާރު” އަށް ދިން އިންޓަވިއުގައި ވިދާޅުވީ ރަށުގެ ދެކުނު ފަރާތުން ފެށިގެން އުތުރާހަމައަށް އެމްޓީސީސީގެ މަހާޖައްރާފުން 7-10 ހެކްޓަރުގެ ބިން ހަތް ދުވަސް ތެރޭގައި ހިއްކާނެ ކަމަށެވެ. ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރަށުގެ ވަށައިގެން 70 ޕަސެންޓުގެ ސަރަހައްދެ ހިއްކާނެކަމަށާއި  މަސައްކަތް ދާ ސްޕީޑާއިމެދު ހިތްހަމަޖެހޭކަމަށް އާރިފް ވިދާޅުވި އެވެ.

ހަތް ހެކުޓަރުގެ ބިމެއްއޮންނަ ކޮމަންޑޫއަކީ އާބާދީގައި 1200 އެއްހާ މީހުން އުޅޭރަށެކެވެ. މި ބިން ހިއްކުމާއެކު އެރަށުގެ ބޮޑުމިން 14 ހެކްޓަރަށް ވުރެން ބޮޑުވާނެކަމަށް ކައުންސިލުން

ލަފާކުރެއެވެ.

ކޮމަންޑޫ ބިން ހިއްކުމުގެ މަސައްކަތްކުރަނީ– ފޮޓޯ: އެމްޓީސީސީ

ކޮމަންޑޫ ކައުންސިލުން ބުނި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހިއްކާ ސަރަހައްދުގައި 50 ފްލެޓު އެޅުމެވެ. އަދި ހިއްކި ސަރަހައްދަށް އިންޖީނުގެ ބަދަލު ކުރުމާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި ކުޑަކުދިންގެ ޕާކެއް އެޅުމަކީ ސަރުކާރުގެ ވިސްނުމެކެވެ.

ކޮމަންޑޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި 11 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނާފައި ވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355