twitterviber whatsapp telegramfacebookyoutube instagram
15th August 2026

އެމްޑަބުލިއުއެސްސީގެ ބިލުތަކަށް ފައިސާ ދެއްކޭނެގޮތް ޗޮއިސް އެންޑް ޕްލަސް އިން ހަދައިފި

Apr 11, 2018

އެމްޑަބުލިއުއެސްސީގެ ބިލުތަކަށް ފައިސާ ދެއްކޭނެގޮތް ޗޮއިސް އެންޑް ޕްލަސް އިން ހަދައިފި އެވެ. އެގޮތުން އެމްޑަބުލިއުއެސްސީން ދޭ ފެނާއި ނަރުދަމާ ހިދުމަތުގެ ބިލުތަކަށް ކޭބަލް ޗޮއިސް އެންޑް ޕްލަސްއިން ފައިސާ ބަލައިގަންނާނެ އެވެ.

އެމްޑަބުލިއުއެސްސީގެ އޮފިޝަލަކު ކޭއޯއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެމްޑަބުލިއުއެސްސީގެ ބިލުތަކަށް ޗޮއިސް އެންޑް ޕްލަސް އިން ފައިސާ ދެއްކޭނެ އިންތިޒާމު އިއްޔެއިން ފެށިގެން ހަމަޖެހިފައިވާނޭކަމަށެވެ.

ކުޅުދުއްފުށީ މާލިހާމަގުގައި ހުންނަ ކޭބަލް ޗޮއިސް އެންޑް ޕްލަސް ހުޅުވާފައިވާ ހުންނަ ގަޑިތަކުގައި އެމްޑަބުލިއުއެސްސީގެ ބިލުތަކަށް ފައިސާ ދެއްކޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355