twitterviber whatsapp telegramfacebookyoutube instagram
27th May 2025

މާލެ، ޓޯކިޔޯއަށް ބަދަލުވާއިރު އަތޮޅުތައް ނިކަމެތިވެ ސޯމާލިޔާއާ ދިމާއަށް: އަލީ ނިޒާރު

Apr 11, 2018

މާލެ، ޓޯކިޔޯއަށް ބަދަލުވާއިރު އަތޮޅުތަކުގެ ހާލަތު ދަށްވެ ސޯމާލިޔާ ފަދަ ނިކަމެތި ހާލަތަކަށް ވެއްޓެމުންދާކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އަލީ ނިޒާރު މިހެން ވިދާޅުވެފައިވަނީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގަ އެވެ.

އޭނާ ކުރެއްވި ޓްވީޓްގައި މިހެން ލިޔުއްވާފައިވަނީ އައްޑޫގައި ހުންނަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކަރަންޓް ނެތި ގަޑިއިރަކަށްވުރެ ގިނައިރުވެފައިވާ ކަމަށް ބުނެ އެވެ.

” އެޗްއާރުއެޗްގައި ކަރަންޓް ނެތި އެއްގަޑިއިރު. އައިސީޔޫގައި އޮތް ބަލިމީހަކު ނެރެ ޖެނެރަލް ވޯޑަށް ބަދަލުކުރުން އެއީ ޒިންމާދާރު ކުޑަ އަމަލެއް.” ނިޒާރުގެ ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

Addu HRH gai current nethi 01 Gadi iru. ICU gai oi patient nere General ward ah badhalu kurun ei Zimmaadhaaru kan kuda amalei. Male , Tokyo ah badhalu vaa iru Atholhu thah Somalia aai dhimaalah? @ANazim2019 @MoH_mv

— Ali Nizar (@DhekunuNizar) April 11, 2018

ޓޯކިޔޯގެ ވާހަކަތައް މީސް މީޑިއާގައި ގިނަ ބަޔަކު ދައްކަން ފަށާފައިމިވަނީ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި، ވިދާޅުވުމަކަށް ފާޑު ކިޔުމުގެ ގޮތުންނެވެ. މުއިއްޒު ވިދާޅުވެފައިވަނީ ރާއްޖެ ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އާއި އެއްފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ބޭނުންވާކަމަށް ވިދާޅުވެފަ އެވެ.

މާލޭގައި ތަރައްގީގެ ބިޔަ ޕްރޮޖެކްޓްތައް ސަރުކާރުން ހިންގާއިރު އަތޮޅުތެރޭގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާއިރު ގިނަ ބަޔަކު އަންނަނީ ސަރުކާރަށް އެކަމާ ފާޑުކިޔަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355