twitterviber whatsapp telegramfacebookyoutube instagram
15th September 2025

ކުޅުދުއްފުށީ ލޯކަލް މާރުކޭޓްގެ މަސައްކަތް ނިންމާ، މިމަހު ހަވާލުކުރަނީ

Apr 11, 2018

ޕީއެސްއައިޕީގެ ދަށުން ކުޅުދުއްފުށީގައި އިމާރާތްކުރި ލޯކަލް މާރުކޭޓްގެ މަސައްކަތް ނިމިއްޖެ އެވެ.

އެސް.ޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫއު މިހާރުވަނީ ނިންމާލާފަ އެވެ.

އެސް.ޖޭ ކޮންޝްޓަރަކްޝަންގެ ސައިޓް މެނޭޖަރ އިބުރާހިމް އަހުމަދު ކޭއޯއަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ ކުޅުދުއްފުށީގައި އިމާރާތްކުރި ލޯކަލް މާރުކޭޓްގެ މަސައްކަތް އެއްކޮށް ނިންމާ، މިމަހު މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިމަހު އެއްވަނަ ދުވަހު އެތަނުގެ މަސައްކަތް ނިންމާ، ހޯމް މިނިސްޓްރީއަށް އެކަން އަންގާފައިވާނެ ކަމަށެވެ. އަދި އަންނަ ހުކުރުދުވަހު މިނިސްޓްރީން އެތަނާ ހަވާލުވުމަށް ހަމަޖެހިފައިވާކަމަށް އިބުރާހިމް ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ލޯކަލް މާރުކޭޓް–

3 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ހެދި މި އިމާރާތުގައި އޮފީހަކާއި ސެކިއުރިޓީ ރޫމަކާއި ދެ ފާހާނާ އަދި ދަނޑުވެރިންނަށް ދޫކުރުމަށް 32 ގޮޅި ހިމެނިފައިވެ އެވެ.

މިމާރުކޭޓް ހުންނަނީ ބަންޑާރަމަގު، ވަނި އިމާރާތުގެ އުތުރަށްށެވެ. މިތަނުގެ ދިގުމިނުގައި 104 ފޫޓް ހުންނައިރު ފުޅާ މިނުގައި 62 ފޫޓް ހުރެ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355