twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޝާހިދާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

Apr 12, 2018

ޝާހިދާގެ ފިރިމީހާ އަބޫބަކުރު އިބްރާހިމް ފުލުހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ މެންދުރު 12:54 ހާއިރު ނޮޅިވަރަމުންނެވެ.

ހދ ނޮޅިވަރަމްގައި ދަންޖެހިފައި ހުއްޓައި ފެނުނު ޝާހިދާ އަލީގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާ އިއްުޔެ ކުޅުދުއްފުށީ ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދަށް ވަނީ 15 ދުވަސް ޖަހައިދީފަ އެވެ .

ޝާހިދާގެ މަރުވި ގޮތުގައި ޝައްކުތަކެއް ހުރުމާއި އެކު، އޭނާގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން އޭނާގެ ހަށިގަނޑު، އިންޑިޔާގެ ތިރުވަނަންތަޕޫރަމަށް ފޮނުވައި ޕޯސްޓް މޯޓަމް ހަދާފައި ވާއިރު ޕޯސްޓް މޯޓަމް ރިޕޯޓާއި ބެހޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

މިއަހަރުގެ މާޗު މަހުގެ އެކެއް ވީ ބުރާސްފަތި ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި، ޝާހިދާ އޭނާ ދިރިއުޅޭ ގޭގެ ގިފިލިތެރޭގައި ދަންޖެހިފައި ހުއްޓައި ފުރަތަމަ ފެނިފައި ވަނީ އޭނާގެ ފިރިމީހާއަށެވެ.

އޭނާ އާއި ހަވާލާދީ ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އޭނާ ފަތިސް ނަމާދަށް ދިޔައިރު ޝާހިދާ އޮތީ ނިދާފައެވެ. ނަމަވެސް ނަމާދުކޮށްގެން އޭނާ އައިރު ޝާހިދާ ހުރީ ދަންޖެހިފައި ކަމަށްވެސް އޭނާ ބުނެފައިވެއެެވެ.

އެހެންނަމަވެސް ޝާހިދާ ދަންޖެހުނީ އަމިއްލައަށް ކަމާއި މެދު އާއިލާއިން ސުވާލު އުފައްދާފައިވެއެވެ.

ނަފްސާނީ މައްސަލަތަކެއްގެ ތެރޭގައި އުމުރުގެ ފަހުކޮޅު ހޭދަކުރި ޝާހިދާ އަލީ އަކީ ގެވެށި އަނިޔާ ލިބެމުން އައި އަންހެނެއް ކަމުގައިވެސް އޭނާގެ އަވަށްޓެރިން ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355