twitterviber whatsapp telegramfacebookyoutube instagram
11th November 2026

އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ގއ. ވިލިގިއްޔަށް

Apr 14, 2018

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގއ. ވިލިގިލީގައި ތައާރަފްކޮށްފިއެވެ.

މި ހިދުމަތް އުރީދޫ ވިލިގިއްޔަށް ތައާރަފްކުރުމާއި ގުޅިގެން ހާއްސަ އޮފަރ އެއް މެދުވެރިކޮށް 30 އޭޕްރިލް 2018 ގެ ކުރިން އުރީދޫގެ ސުޕަރނެޓްގެ ހިދުމަތް ހިޔާރު ކުރައްވާ ބޭފުޅުންނަށް ބާރަ މަހުގެ މަހުފީ އިން 30 ޕަސެންޓް ގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

ވިލިގިލީގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން އުރީދޫ އިން ސުޕަނެޓްގެ ޙިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށް ވަނީ ހަމަޖައްސާފައި އެވެ.

ކަސްޓަމަރުންގެ އެކި އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭގް އުރީދޫ އިން ފޯރުކޮށްދެއެވެ. އަދި މި ހިދުމަތާއި އެކު ވިލިގިލީގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ އެވެ.

ސުޕަރނެޓްގެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި އެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައެވެ.

ވިލިގިއްޔަށް ސުޕަނެޓްގެ ޙިދުމަތް ފުޅާކުރުމުގައި އުރީދޫގެ އިންފްރާސްޓްރަކްޗަރ ޕާޓްނަރ އަކީ މޯލްޑިވްސް އިނޮވޭޝަން ކޮމްޕެނީ އެވެ.

މި ހިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv/supernet އަށް ޒިޔާރަތްކުރަށްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293