twitterviber whatsapp telegramfacebookyoutube instagram
25th April 2024

“ޖަޕާނާއެކު ދިވެހިން” ފަންޑަށް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

Mar 21, 2011

އިބްރާހިމް ހަމީދު

“ޖަޕާނާއެކު ދިވެހިން” ގެ ނަމުގައި އުތުރުގެ ސަރަހައްދަށް ހާއްސަކޮށްގެން ކުޅުދުއްފުށީގައި ހިންގުނު ޕްރޮގްރާމްގެ ފަންޑަށް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

ޖަޕާނަށް ކުރިމަތިވި ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ރާއްޖޭގައި ހިންގުނު ޕްރޮގްރާމްގައި، ކުޅުދުއްފުށީގެ ހަރަކާތްތަކަށާއި ބެހެއްޓުނު ފަންޑު ފޮށިތަކަށް ޖުމްލަ 59،000 ދިވެހި ރުފިޔާއާއި 13 ޔޫއެސް ޑޮލަރާއި 1000 ޖަޕަނީސް ޔެން އާއި 13 ޗައިނީސް ޔުއޯންގެ އިތުރުން 70 ދަޅުމަސް ލިބިފައިވެއެވެ.

މިގޮތުން ކުޅުދުއްފުށީ ބަންޑާރަ މައިދާނުގައި ބެހެއްޓި ފަންޑު ފޮއްޓަށް ލިބިފައިވަނީ 31،868 ރުފިޔާއާއި 13 ޔޫއެސް ޑޮލަރާއި 1000 ޖަޕަނީސް ޔެން އާއި 13 ޗައިނީސް ޔުއޯންއެވެ. ނިޝާން ފިހާރާގައި ބެހެއްޓި ފޮއްޓަށް  9279 ރުފިޔާ ލިބުނުއިރު އަމީގޯކެފޭގައި ބެހެއްޓި ފޮއްޓަށް 518 ރުފިޔާ ލިބުނެވެ. އަމީނީމަގުގައި ހުންނަ އެމްއޯސީ ބުކްޝޮޕްގައި ބެހެއްޓި ފޮއްޓަށް 2260  ރުފިޔާ ލިބިފައިވާއިރު ޑައުންޓައުން ކެފޭގައި ބެހެއްޓި ފަންޑު ފޮއްޓަށް ލިބިފައިވަނީ 858 ރުފިޔާއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބެހެއްޓި ފަންޑު ފޮއްޓަށް ލިބިފައިވަނީ 2764 ރުފިޔާއެވެ. އަދި ބަރާބަރު ފިހާރާގައި ބެހެއްޓި ފަންޑު ފޮއްޓަށް ލިބިފައިވަނީ 6149 ރުފިޔާއެވެ. މިތުރު ފިހާރާގައި ބެހެއްޓި ފަންޑު ފޮއްޓަށް 1041/50 ރުފިޔާ ލިބުނުއިރު ބަންޑާރަމަގުގައި ހުންނަ އެމްއޯސީ ބުކްޝޮޕްގައި ބެހެއްޓި ފަންޑު ފޮއްޓަށް ލިބިފައި ވަނީ 4262/50 ރުފިޔާއެވެ.

ފަންޑު ފޮށިތައް ހުޅުވާ ފައިސާ ގުނުމުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންނާއި ކުލަބު ޖަމިއްޔާތަކާއި ސަރުކާރުގެ ބައެއް އިދާރާތަކުގެ ބޭފުޅުން ބައިވެރިވިއެވެ. ކައުންސިލްއިން މައުލޫމާތު ދެއްވާ ގޮތުގައި މާދަމާގެ ވަގުތެއްގައި ބޭންކް އޮފް މޯލްޑިވްސްއާ މިފައިސާ ހަވާލުކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355