twitterviber whatsapp telegramfacebookyoutube instagram
24th April 2024

ސިހުރު ހަދަން ބޭނުންކުރާ ފޮތްތަކެއް ގެންގުޅުނު މީހަކު 3 އަހަރަށް ޖަލަށްލައިފި

Apr 19, 2018

ހުއްދަ ނޫން ފަންޑިތަ ފޮތްތަކެއް ގެންގުޅުނު މީހަކު 3 އަހަރަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ސިހުރު ނުވަތަ ހުއްދަ ނޫން ފަންޑިތަ ފޮތްތަކެއް ގެންގުޅެގެން ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ކުޅުދުއްފުށީ، ރެޑިއަމްގެ އާދަމް ގާސިމް (72އ)ގެ މައްޗަށެވެ.

ސިހުރު ހަދާކަމުގެ ތުހުމަތުގައި އާދަމް ގާސިމް ފުލުހުންގެ ބެލުުމުގެ ދަށަށް ގެންގޮސްފައިވަނީ 2013 ވަނަ އަހަރު ހދ ކުރިނބީއަށް ގޮސް ހުއްޓަ އެވެ. އަދި އެދުވަހު ކުރިނބީގައި އާދަމް ގާސިމް ހުރި ގުލްފާމުގެ ކޮޓަރި ބަލާ ފާސްކުރިއިރު ސިހުރު ހަދަން ބޭނުންކުރާ ޒާތުގެ ބައެއް ސާމާނުވެސް ވަނީ ފެނިފަ އެވެ.

ސިހުރު ހަދާކަމުގެ ތުހުމަތުގައި، ކުރިނބީއަށް ގޮސްހުރި ކުޅުދުއްފުށީ މީހަކު ހައްޔަރުކޮށްފި

އަދި އޭގެ ފަހުން 2014 ވަނަ އަަހަރުގެ ތެރޭގައި އާދަމްގެ ގާސިމް ދިރިއުޅޭ ކޮޓަރި ބަލާ ފާސްކުރުމަށް ފުލުހުންނަށް އަމުރު ނެރެއްދެއްވި ފަނޑިޔާރާ މަގުމަތިން ދިމާކޮށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް މަރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައިވެސް އާދަމް ގާސިމް ހައްޔަރުކޮށްފައިވެ އެވެ.

މިދިޔަ އަންގާރަ ދުވަހު ކުޅުދުއްފުށީ ކޯޓުގައި އޮތް ޝަރީއަތުގެ މަޖީލީހުގައި އާދަމް ގާސިމްގެ މައްޗަށް ހުކުމްކޮށްފައިވަނީ ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ހަތަރުވަނަ މާއްދާގެ )ހ( އާ ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ )ނ( ގެ ދަށުންނެވެ.

ފަނޑިޔާރު އަލީ އާދަމާ ހުތުރު ބަހުން މުއާމަލާތްކޮށް މާރާމާރީ ހިންގަން އުޅުނު ދުވަސްވީ މީހަކު ހައްޔަރުކޮށްފި

މި މައްސަލައިގައި އާދަމް ގާސިމް ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ އޭނާގެ މައްޗަށް ކުރި ތުހުމަތުތަކަށްޝަރީއަތުގައި އިއުތިރާފުވެފައި ވާތީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355