twitterviber whatsapp telegramfacebookyoutube instagram
15th August 2026

މެއަށް ތޮޅިއެއް ހެރުނު ޒުވާނާގެ ހާލު ރަނގަޅު: ކުޅުދުއްފުށީ ހޮސްޕިޓާ

Apr 20, 2018

ކުޑަ ދޯންޏެއްގައި ލަނޑާ ނަގަން އުޅެނިކޮށް މެއަށް ފަރުތޮޅިއެއް ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި ޒުވާނާގެ ހާލު ރަނގަޅުކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

ފަރުތޮޅިއެއްގެ ތުންގަނޑު ހެރުމުގެ ސަބަބުން ޒަަހަމްވެފައިވަނީ ގދ. ފަރެސްމާތޮޑާ/ މޫނިމާގެ އަހުމަދު ސާޖިދު (17އ) އެވެ

ރޭ ގާތްގަނޑަކަށް 22:25 ހާއިރު މިހާދިސާ ހިނގާފައިވަނީ ހދ ކޭލަކުނު ކައިރީގައި ލަނޑާ ނެގުމަށް ހަރަކާތްތެރިވަމުންދަނިކޮންނެވެ. ތޮޅި ހަމަލާދިނުމުގެ ސަބަބުން އޭނާއަށް ނޭވާލުމަށް ދަތިވެ، ހާލު ސީރިއަސްވުމުން އެމްއެންޑީއެފްގެ އެހީތެރިކާއެކު ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނެސް ވަނީ ފަރުވާދޭން ފަށާފަ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު މިއަދު ކޭއޯއަށް ވިދާޅުވީގޮތުގައި ތޮޅިއެއް ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި ޒުވާނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. ނަމަވެސް ސީޓީ ސްކޭން ހެދުމަށް އޭނާ މިރޭ މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ފަރުތޮޅި ހަމަލާދިނުމުގެ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައިވެ އެވެ. އެފަދަ ބައެއް ހާދިސާތަކުގައި ފުރާނައަށް ނުރައްކާވާ ފަހަރުވެސް އާދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355