twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކެއަރ ޑިވެލޮޕްމަންޓް ސެންޓަރގައި ޕްލޭ އޭރިއާއެއް ހެދުމަށް މީރާގެ މުވައްޒަފުން 52،000 ރުފިޔާ ހަދިޔާކޮށްފި

Apr 21, 2018

ކެއަރ ސޮސައިޓީގެ ފަރާތުން ހިންގާ ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގައި ޕްލޭ އޭރިއާ ހަދަން ބޭނުންވާ 52,000 ރުފިޔާ މީރާގެ މުވައްޒަފުން ހަދިޔާކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މީރާގައި ކެއަރ ސޮސައިޓީގެ ކުދިންނަށް ބޭއްވި ހާއްސަ ހަފުލާއެއްގައި މި ފައިސާ ހަވާލުކޮށްފައިވާއިރު މީރާގެ މުވައްޒަފުން ވަނީ ކެއަރ ސޮސައިޓީގެ ކުދިންނާއެކު ގިނަ ވަގުތުތަކެއް ހޭދަކޮށް އެ ކުދިންނާއި ގުޅުން ބަދަހިކޮށްފައެވެ.

މި ހަފުލާގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރުގެ އިތުރުން މީރާގެ މުވައްޒަފުން ބައިވެރިވިއެވެ. އަދި ކެއަރ ސޮސައިޓީގެ ޗެއަރޕާސަން ތޯހާ ސަލީމް އާއި ކެއަރ ސޮސައިޓީގެ އިސްވެރިންނާއި މުވައްޒަފުން ވެސް ބައިވެރިވިއެވެ.

މި ހަރަކާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ޔަޒީދު މުޙައްމަދު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ ދީލަތި އެހީއާއެކު ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި، އިޖުތިމާއީ މި ފަދަ އެތައް ހަރަކާތްތައް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކުވެސް ރާވައި ހިންގަމުން ގެންދާ ކަމަށެވެ.

ކެއަރ ސޮސައިޓީގެ ޗެއަރޕާސަން ތޯހާ ސަލީމް ގެ ވާހަކަފުޅުގައި، މި ފަދަ އެހީތަކަކީ ކެއަރ ސޮސައިޓީއަށާއި ކެއަރ ޑިވެލޮޕްމަންޓް ސެންޓަރަށް ވަރަށް މުހިއްމު އެހީތަކެއްކަމަށާއި، މީރާގެ މުވައްޒަފުން މި ދެއްވި އެހީއަކީ ކެއަރ ޑިވެލޮޕްމަންޓް ސެންޓަރގެ ކުދިންނަށް ބޭނުންވާ ވަރަށް މުހިއްމުކަމެއް ހާސިލްކުރުމަށް ވެވޭ ވަރަށްބޮޑު އެހީއެއްކަން ފާހަގަކޮށް މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މިއީ، މީރާގެ މުވައްޒަފުންގެ އަމިއްލަ ހަރަދުގައި ކޮންމެ އަހަރަކު ވެސް ހިންގާ އެކިއެކި އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެއް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355