twitterviber whatsapp telegramfacebookyoutube instagram
19th March 2024

އަންނާރު: ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނުން މުހިންމު

Apr 23, 2018

އަންނާރައަކީ ވެސް މޭވާގެ ތެރޭގައި ހިމެނޭ ވަރަށް މީރު މޭވާ އެކެވެ. އަންނާރުގެ ތެރޭގައި ކުދިކުދި އޮށްތަކެއް ހުރެއެވެ. އާންމު ގޮތެއްގައި ކައިއުޅެނީ މިއޮށްތަކުގެ ވަށައިގެން ހުންނަ މަޑު ކާން ބޭނުންކުރާ ބައެވެ. އަންނާރުގެ ވެސް ތަފާތު ވައްތަރުތައް ހުރެއެވެ. މިއީ ވެސް ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަނދި މޭވާ އެކެވެ.

އަންނާރުން ލިބޭ ބައެއް ޞިއްޙީ ފައިދާތައް:-

ހިތުގެ ބަލިތައް:

އަންނާރު ބޭނުންކުރުމަކީ ސްޓްރޯކް ޖެހުން، ހާރޓް އެޓޭކް ޖެހުން ފަދަ ހިތާއި ލެހޮޅިތަކާއި ގުޅުންހުރި ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި އަންނާރު ޖޫސް ކޮންމެ ދުވަހަކު ބޭނުންކުރުމަކީ ހަށިގަނޑުގައި ލޭދައުރުވުން ރަގަޅުކުރުމުގައި އެހީތެރިވެދީފާނެ ކަމެކެވެ. އަންނާރުގައި ހިމެނޭ ތަފާތު އެންޓި އޮކްސިޑެންޓް ތަކުގެ ސަބަބުން ލޭހޮޅިތަކުގައި ސަރުބީ ތަތްވުން ހުއްޓުވައި ލޭހޮޅިތައް ބެދުނަނުދީ ހިފަހައްޓައިދެއެވެ. ނަތީޖާއެއްގެ ގޮތުން ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކުން ދުރުކޮށް ދެއެވެ. އަދި ލޭގައި ނުރަގަޅު ސަރުބީގެ އަދަދު ދަށްކޮށް، ރަގަޅު ސަރުބީގެ މިންވަރު އިތުރުކުރުވައެވެ.

ކެންސަރުން ރައްކާތެރިވުން:

އަންނާރުގައި ބާރުގަދަ އެންޓި އޮކްސިޑެންޓް “ފްލޭވޮނޮއިޑް” ހުރެއެވެ. މިއީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދޭ މާއްދާ އެކެވެ. މިސަބަބާހުރެ ވަރަށް ގިނަ ޞިއްޙީ ތަޖުރިބާކާރުން ކެއުމުގައި އަންނާރު ހިމެނުމަށް އިރުޝާދު ދެއެވެ.

އުރަމަތީގެ ކެންސަރު:

އިސްރާއީލްގައި ހަދާފައިވާ ދިރާސާއެއް ބުނާގޮތުގައި އަންނާރު ޖޫސް ބޭނުންކުރުމަކީ އުރަމަތީގެ ކެންސަރު ޖައްސާ ސެލްތައް ގަނޑެއްގެ ސިފައިގައި އެއްވެ ބޮޑުވުން މަނާކޮށްދޭ ކަމެކެވެ. އަދި އެފަދަ ސެލްތައް ހަލާކުކޮށް ނެތިކޮށްލާ ކަމެކެވެ.

ފުއްޕާމޭގެ ކެންސަރު :

މީދާ ބޭނުންކޮށްގެން ހަދާފައިވާ ތަޖުރިބާތަކުން އެނގިފައިވާ ގޮތުގައި އަންނާރު ބޭނުންކުރުމަކީ ފުއްޕާމޭގެ ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވައި ޓިއުމަރު ހިންދާލާނެ ކަމެކެވެ.

އަދި މި ނޫން ވެސް ގިނަ ވައްތަރު ކެންސަރުން ރައްކާތެރި ވުމަށް އެހީވެދޭ މޭވާ އެއްކަމުގައި މި މޭވާ ވެއެވެ.

ލޭމަދުވުމުން ރައްކާތެރި ކޮށްދިނުން ، އަންނާރުގައި ދަގަނޑު ގިނައިން ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ލޭމަދުވުމުން މެދުވެރިވާ، ވަރުބަލިވުން، ބޯއެނބުރުން، ވަރުދެރަވުން ފަދަ މައްސަލަތަކަށް އަންނާރު ބޭނުންކުރުމުން ލުއިކަން ގެނެސްދެއެވެ.

ދިރާސާއަކުން ދައްކާފައިވާ ގޮތުގައި މައިމީހާ އަންނާރު ޖޫސް ބޭނުންކުރުމަކީ ތުއްތު ދަރިފުޅުގެ ސިކުނޑިއަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. ތުއްުތު ދަރިފުޅުގެ ސިކުންޑި ރައްކާރެތި ކުރުމަށް ވެސް މި މޭވާ ވަރަށް މުހިންމު ރޯލެއް އަދާކުރެޔެވެ.

އަންނާރަކީ ތަފާތު ވިޓަމިން ތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. އެގޮތުން އަންނާރުގައި ހިމެނޭ ފާހަގަކޮށްލެވޭ ވިޓަމިންގެ ބާވަތްތަކުގެ ތެރޭގައި، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ އަދި ފޮލިކް އެސިޑް ހިމެނެއެވެ.

އިންސާނުން ކެއުމަށް ބޭނުންކުރެވޭ އެންމެ ދުވަސްވީ މޭވާ ކަމުގައި ބުނެވެނީ އަންނާރު އެވެ. ބޭރަށް ހިންގުން ފަދަ ހާލަތްތަކުގައި ފޮނިތޮށި ކާފޫރު ތޮޅިއާއި އެކު އަންނާރު ކެއުމުން ބޭރަށް ހިންގުން ރަގަޅުކޮށްދެއެވެ. އަޑުކުރަކިވެ، ނުވަތަ އަޑު ގޮސްފައިވާނަމަ އަންނާރު ޖޫސް ބޭނުންކޮށްގެން އަގަދޮވުން ފަރުވާއެއް ކަމުގައި ފުދެއެވެ. މާމުޔާއި އެކު ބޭނުންކުރުމުން ކަންފަތުގައި އުފެދޭ ރިހުން ކުޑަކޮށްދެއެވެ. ގުރުދާގެ ބަލިތައް ކުޑަކޮށްދީ ހަޖަމު ރަގަޅުކޮށް، ކާހިތްވުން އިތުރުކޮށްދެއެވެ.

ލޮލުގެ ފެނުން ސާފުކުރުމުގައި ވެސް އަންނާރު ބޭނުންކުރުން އެހީއަކަށް ވެއެވެ. ބަނޑުގައި ރިހުން ކުރިމަތިވުމުން ކުޑަލޮނު ކޮޅަކާއި އަސޭމިރުސް ކޮޅަކާއެކު އަންނާރު ބޭނުންކުރުމުން ރިހުން ފިލައިދާ ކަމުގައި ބުނެވެއެވެ. ހިރުގަނޑާއި، ދަތުގެ ބަލިތައް ކުޑަކޮށްދިނުމުގައި ވެސް އަންނާރު އެހީތެރިވެދެއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355