twitterviber whatsapp telegramfacebookyoutube instagram
1st November 2025

ކަލާސް ވިނާސް އެވޯޑް ރިފާއަށް !

Apr 24, 2018

ސްކޫލްތަކުގެ ދަރިވަރުން ކުޅިވަރު ރޮނގުން ހޯދާ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ “މައިލޯ ކަލާސް އެވޯޑް”ގެ އެންމެ ޝަރަޕްވެރިއެއް މަގާމް، ކަލާސް ވިނާސް އެވޯޑް ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ރިފާ މުހަންމަދު ހޯދައިފި އެވެ.

ރިފާ ވަނީ މިދިޔަ އަހަރު ގައުމީ ފެންވަރުގައި ބޭއްވި ހުރިހާ އެތުލެޓިކްސް މުބާރާތްތަކުގައި ބައިވެރިވެ، ބެސްޓް އަންހެން އެތްލީޓުގެ މަގާމު ހޯދާފައި އެވެ.

ރިފާގެ އިތުރުން ހދ އޭއީސީގެ އައިޝަތު އާޔާ އަލީ، ޝައިޙާ ރަޝީދު ވަނީ ކަލާސް ރަނާސް އެވޯޑް ހޯދައިފަ އެވެ. އަދި ޖަލާލުއްދީން ސްކޫލު ދަރިވަރު ނަޝާ ނިޒާރުވެސް ވަނީ ކަލާސް ރަނާސް އެވޯޑް މިއަހަރުވެސް ހޯދާފަ އެވެ.

ރިފާގެ އިތުރުން ހދ އޭއީސީން ކަލާސް އެވޯޑް ހޯދި ދެ ދަރިވަރުންނާއި ކޯޗު އަލީ ޝަރީފް–

100 މީޓަރުގެ ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ނަޝާ މިދިޔަ އަހަރު ކަލާސް އެވޯޑް ހަފުލާގައިވަނީ ސްޕެޝަލް އެވޯޑާއި، އަންޑަރ 18 ވިނާސް އެވޯޑާއި، އައުޓްސްޓޭޑިންގ އެތުލީޓްގެ އެވޯޑް ހޯދާފަ އެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ކަލާސް އެވޯޑު މިއަހަރު ވަނީ 13 ކުޅިވަރަކުން 181 ދަރިވަރުން ހޯދައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355