twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހިނގާ ދުވެލަން ދަމާ، އަފީފުއްދީން އެނިވާރސަރީ ރަން މާދަމާ، މިހާރުވެސް ބޮޑު ތަރުހީބެއް !

Apr 24, 2018

ކުޅުދުއްފުށީ، އަފީފުއްދީން ސްކޫލުގެ 14 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މާދަމާ ބާއްވާ ދުވުމުގައި މިހާތަނަށް 500 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިއްޖެ އެވެ.

މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ މިދުވުމުން އޮންނާނީ މާދަމާ ހަވީރު އެވެ. ދުވުން ފެށޭނީ ހަވީރު 4:30 ން އަފީފުއްދީން ސްކޫލު ކުރިމަތިންނެވެ. ތިން ކިލޯމީޓަރުގެ މިދުވުން އަފީފުއްދީން ސްކޫލުގެ ކުރިމަތިން ފެށިގެން ޖަލާލުއްދީން ސްކޫލާ ހަމައިން އަބުރާލުމަށްފަހު ދުވުން ނިންމުމަށް ހަމަޖެހިފައިވަނީ އިންޖީނުގެ އާ ހަމައަށެވެ.

ތިން އަގެއްގައި ބިބް ވިއްކަމުންދާއިރު އަފީފުއްދީން ސްކޫލުގެ ދަރިވަރުންނަށް ބިބް ވިއްކަމުންގެންދަނީ 25ރ އަށެވެ. އާންމުންނަން ބިބް ވިއްކަނީ 50ރ އަށެވެ. އަދި ބިބްގެ ހާއްސަ ނަމްބަރުތައް ވިއްކަމުން ގެންދާ އަގު ފެށެނީ 200ރ އިންނެވެ.

ދުވުމުގައި ވަނަތައް ހޮވައި ބައިވެރިންނަށް މެޑަލް ދިނުމަށްވެސް ވަނީ ހަމަޖެހިފައި އެވެ. އެގޮތުން އާންމުގެ ތެރެއިން ފުރަތަމަ ނިންމާ ފަސް ފިރިހެން ބައިވެރިންނަށާއި ފަސް އަންހެން ބައިވެރިންނަށް މެޑަލް ލިބިގެންދާނެ އެވެ. އަދި އަފީފުއްދީން ސްކޫލުގެ ދަރިވަރުންގެ ތެރެއިން ފުރަތަމަ ނިންމާ ދިހަ އަންހެން ދަރިވަރަކާއި ދިހަ ފިރިހެން ދަރިވަރަކަށް މެޑަލް ހަވާލުކުރެވޭނެ އެވެ.

އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ، މާދަމާގެ ދުމުގައި ހާއްސަ ފަރާތްތަކެއް ފެނިގެންދާނެ ކަމަށެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކުން ދުވުމުގައި ބައިވެރިވުމަކީ ސްކޫލުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ދުވުމުގައި ދުވެފަ ބައިވެރިނުވެވޭ ފަރާތްތަކުން ހިނގާލާފައިވެސް ބައިވެރިވުމަށް އޭނާ އެދިލެއްވި އެވެ.

އަފީފުއްދީން ސްކޫލު ހުޅުވާފައިވަނީ 2004 ވަނަ އަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355