twitterviber whatsapp telegramfacebookyoutube instagram
15th August 2026

ޤުރުއާނާ ބެހޭ މަރުކަޒުގެ ކުޅުދުއްފުށީ ގޮއްޕަށް ޓީޗަރަކު ހޯދަނީ

Apr 26, 2018

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ކުޅުދުއްފުށީ ގޮފީގައި ކިޔަވައިދެއްވާނެ ޓީޗަރަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ ކުޅުދުއްފުށީ ގޮއްޕަށް ހޯދަނީ ރިސޯސް ޓީޗަރެއް ކަމަށެވެ. މިމަގާމުގެ އެންމެ ދަށް ޝަރުތަކީ ޤުރުއާނާ ބެހޭ ދާއިރާއިން އެމް.ކިޔު.އޭ ލެވެލް 5 އެކެވެ.

މިމަގާމުގެ އެމް.އެން.ކިޔު.އެފް ލެވެލް 5 ން ފެށިގެން މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް 150ރ އެވެ. އަދި ލެވެލް 7 ން މަތީ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް 200ރ ދޭނެ އެވެ. އަދި ލެވެލް 9 ން ފެށިގެން މަތީގެ ސަނަދެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް 250ރ ލިބިގެންދާނެ ކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ބުނެ އެވެ. އަދި ހާފިޒެއްނަމަ 50 މިނިޓްގެ ޕީރިއަޑަކަށް 150ރގެ ލިބޭނެ އެވެ.

ކޮންޓްރެކްޓަރު އުސޫލުން އެއް އަހަރު ދުވަހުގެ މުއްދަތަށް ނަގައި މިމަގާމަށް ކުރިމަތިލުމުގެ އެންމެ ފަހު މުއްދަތަކީ މި އެޕްރީލްމަހު 29 ވަނަ ދުވަހެވެ. މިމަގާމަށް ޝައުގުވެރިވާ ފަރާތަކުން

ސިޓީއަކާއެކު ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، އައިޑީކާޑުގެ ކޮޕީ މިމަރުކަޒުގެ ކުޅުދުއްފުށީ އިދާރާއަށް ހުށަހެޅޭނެ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355