twitterviber whatsapp telegramfacebookyoutube instagram
24th April 2024

ހދ އަތޮޅުގެ ކައުންސިލްތަކަށް އަމާޒުކޮށްގެން ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ހިންގައިފި

Apr 27, 2018

ހދ. އަތޮޅު ކައުންސިލާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގުޅިގެން، ހދ އަތޮޅުގެ ކައުންސިލްތަކަށް އަމާޒުކޮށްގެން 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.

“ސްކިލްސް ޑިވްލޮޕްމަންޓް ޕްރޮގްރާމް 2018” ގެ ނަމުގައި އޭޕްރީލް 21 ން 25 އަށް ކުރިއަށް ގެންދިޔަ މިތަމްރީނު ޕްރޮގްރާމު، ހދ.އަތޮޅު ކައުންސިލާއި، ރަށްރަށުގެ ކައުންސިލްތަކުން ޖުމްލަ 32 ބައިވެރިއަކު ފުރިހަމަ ކޮށްފައިވެއެވެ.

މިތަމްރީނު ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ހަނދަނީ ލިޔުން ބައްސަވައިދެއްވީ، އެކަމަށްޓަކައި 25 އޭޕްރީލް 2018 ގައި ބޭއްވި ރަސްމިއްޔާތެއްގައި، ހދ.އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އާޠިފެވެ.

މިތަމްރީނު ޕްރޮގްރާމުގައި ރަށްރަށުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލާނެ ގޮތުގެ މައުލޫމާތު ދެވުނެވެ. މީގެ އިތުރުން ކައުންސިލްތަކުގެ މޮނިޓަރިންގ ފްރޭމްވޯކާއި، ޕާފޯމަންސް އިންޑެކްސް ކުރިއަށް ގެންދާގޮތާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރާނެ ގޮތާއި މާލީ ކަންކަން ބަލަހައްޓާނެ ގޮތުގެ އިރުޝާދު އަދި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ އިތުރުން އޮޑިޓުން ފާހަގަކުރެވޭ ކަންކަމުގެ މަޢުލޫމާތު ދެވިފައިވެއެވެ.

އަދި ލީޑަރޝިޕް، ކަސްޓަމަރސަރވިސް އަދި އިންޑިވިޑުއަލް އެކްސަލެންސް ހުނަރުތަކުގެ އިތުރުން ސިވިލް ސަރވިސް ޤަވާއިދަށް ހޭލުންތެރި ކުރުވުމުގެ ޝެޝަނަކާއި، ގަވަރމަންޓް އީލެޓަރ ސިސްޓަމްގެ ތަމްރީނު ސެޝަނެއްވެސް މިޕްރޮގްރާމުގައި ކުރިއަށް ގެންގޮސްފައި ވެއެވެ.

މިތަމްރީނު ޕްރޮގްރާމުގައި ސެޝަންތައް ނަންގަވައިދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޭފުޅުންނާއި، އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ރަޝީދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355