twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސޮއިޓީ އޮފް މޯލްޑިވްސް އަށް ދިރާގުން އެހީތެރިވަނީ

Apr 29, 2018

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސޮއިޓީ އޮފް މޯލްޑިވްސް އަށް ހާއްސަ ޑިޖިޓަލް މުވާސަލާތުގެ ހިދުމަތްތަކެއް ދަނީ ހިލޭ ފޯރުކޮށްދެމުންނެވެ. ދިރާގުން 2016 ވަނަ އަހަރުން ފެށިގެން ފޯރުކޮށްދޭ މިހިދުމަތް ވަނީ އެ ޖަމިއްޔާއަށް ކުރިއަށް އޮތް އަހަރަށް އަލުން އާ ކޮށްދީފައެވެ.

މިހިދުމަތުގެ ސަބަބުން ބީ.ވީ.އައި.އެސް.އެމްގެ މެންބަރުންނަށް ހިލޭ ފޯން މީޓިންގް ހިދުމަތްފޯރުކޮށްދެވެއެވެ. އެ ޖަމިއްޔާއިން ހާމަކުރިގޮތުގައި އެހެނިހެން އިޖްތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީ.ވީ.އައި.އެސް.އެމް އަށް ދިމާވެއެވެ. މިހިދުމަތަކީ ދިރާގުން އެޖަމިއްޔާއަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ސޮލިއުޝަނެކެވެ. ދިރާގުން މިފޯރުކޮށްދޭ ހިދުމަތަކީ އެގޮތަށް ޖަލްސާތަކާއި ބައްދަލުވުންތައް ފަސޭހައިން ބާއްވާލެވޭގޮތަށް ގާއިމުކުރެވޭ ހާއްސަ ޑިޖިޓަލް ސްޕޭސްއެކެވެ.

މީގެ އިތުރުން ޤުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޖަމްޢިއްޔާގެ މެންބަރުންގެ މެދުގައި ހިންގޭ ތަފާތު ތަމްރީނު ޕްރޮގުރާމްތައް ވެސް ކުރިއަށް ގެންދަނީ މިހިދުމަތް މެދުވެރިކޮށެވެ. ވޭތުވެދިޔަ އަހަރު ބީ..ވީ.އައި.އެސް.އެމް އިން ވަނީ މި ހިދުމަތުގެ ބޭނުންކޮށްގެން ހިސާބު، ލެޓިން އަދި ޤުރުއާން ފަދަ ކްލާސްތައް ކުރިއަށް ގެންގޮސްފައިއެވެ.

މިހިދުމަތުގެ ޒަރިއްޔާއިން ޖަމިއްޔާގެ މެންބަރުން ޖަމިއްޔާގެ ޖަލްސާތައް ބޭއްވުމަށް ފަސޭހަވުމާއި މިހިދުމަތް މެދުވެރިކޮށް މެންބަރުންގެ މެދުގައި އެކުވެރިކަމާއި ރަހްމަތްތެރިކަން ބަދަހިކުރަން ނުހަނު ބޮޑަށް ފަސޭހަވެގެންދެއެވެ. ޖަމްއިއްޔާގެ 200 އަށް ވުރެ ގިނަ މެމްބަރުންނަށް ބައްދަލުވުންތަކާއި ޖަލްސާތައް އެކުގައި އެއް މާލަމެއްގައި ބައްދަލުވުމުގެ ދަތިކަން ދިމާވަމުން ދާއިރު ހުރިހާ މެމްބަރުން އެއްތަނެއްގައި ނެތްކަމުގައި ވިޔަސް މަޝްވަރާ ކުރުމަށް އިތުރު ފަސޭހަތަކެއް މި ހިދުމަތުގެ ސަބަބުން ލިބިގެން ދާނެއެވެ.

އެހެން ކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޯފަންކުދިންނަށް މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި ޚިދުމަތުގެ ސަބަބުން ވަނީ މަގުފަހިވެފައެވެ. ދިރާގުން ހިލޭ މިހިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން ރާއްޖޭގައި ލޯފަން ބޭފުޅުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، ލޯފަން ބޭފުޅުންނަށް ހިތްވަރުދީ މުޖުތަމަޢުއަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355