twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހއ. އަތޮޅު ހޮސްޕިޓަލްގައި އިތުރު 3 ހިދުމަތެއް ފަށައިފި

May 2, 2018

ހއ އަތޮޅު ހޮސްޕިޓަލްގެ ރަންޔޫބީލް އާއި ދިމާކޮށް އެހޮސްޕިޓަލްގައި އިތުރު 3 ހިދުމަތެއް ފަށައިފި އެވެ.

އެގޮތުން މުޅިން އަލަށް ތައާރަފްކުރި ހިދުމަތްތަކަކީ ދަތުގެ ފަރުވާއާއި ޑިޖިޓަލް އެކްސްރޭގެ އިތުރުން ތައިރޮޑް ޓެސްޓްކުރުމުގެ ހިދުމަތެވެ. މި ހިދުމަތްތައް ރަސްމީކޮށް ފަށްޓަވައި ދެއްވީ އެހޮސްޕިޓަލްގެ ރަންޔޫބީލް ފާހަގަކުރުމަށް އެއަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމެވެ.

ހއ. އަތޮޅު ހޮސްޕިޓަލްގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެއަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ހއ.އަތޮޅު ހޮސްޕިޓަލްގައި ދަތުގެ ފަރުވާއާއި، ޑިޖިޓަލް އެކްސްރޭއާއި ތައިރޮއިޑް ޓެސްޓްކުރުމުގެ ހިދުމަތް އަލަށް ތައާރަފްކޮށްފައިވަނީ ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތައް ކަށަވަރުކޮށްދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުންކަމަށާއި ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ސިއްހީ ދާއިރާ ތަރައްގީކުރުމުގެ މަސައްކަތަކީ ނިމުމެއް ނެތް މަސައްކަތެއްކަމަށެވެ.

ކުރިއަށްއޮތް ތަނުގައިވެސް ހއ. އަތޮޅު ހޮސްޕިޓަލްގެ ކުރިއެރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކޮށްދެއްވާނެކަމުގެ ޔަގީންކަން މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ވަނީ ދެއްވާފައެވެ. އެގޮތުން ޑަޔަލިސިސްގެ ހިދުމަތާއި ހަމުގެ ބަލިތަކާއި ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ހިދުމަތްވެސް ކައިރި މުސްތަގުބަލެއްގައި ތައާރަފުކުރެއްވުމަށް މަސައްކަތް ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރގެ މި ދަތުރުފުޅުގައި ހއ. ދިއްދޫގެ އިތުރުން، އެ އަތޮޅު ކެލާ، ހޯރަފުށި އަދި ބާރަށުގައި ސިއްޚީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރައްވާ، އެތަންތަނުގެ މުވައްޒަފުންނާއި، ކައުންސިލް ބޭފުޅުންނާއި، ބައްދަލު ކުރައްވާ، އެތަންތަނުގެ ހުރި މައްސަލަތަކާއި ގުޅޭގޮތުން އެބޭފުޅުންނާއި މިނިސްޓަރ ވަނީ މަޝްވަރާކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355