twitterviber whatsapp telegramfacebookyoutube instagram
25th April 2024

އުރީދޫއިން ފުޓުބޯޅަ ފޯރީގެ ނަމުގައި ސްޓިކާ ސެޓެއް ތައާރަފްކޮށްފި

May 3, 2018

އުރީދޫއިން ރާއްޖެއަށް ހާއްސަކޮށް ނެރޭ 3ވަނަ ވައިބަރ ސްޓިކަރ ޕެކްގެ ގޮތުގައި “ފުޓުބޯޅަ” ސްޓިކަރ ޕެކް މިއަދު ތަޢާރަފްކޮށްފިއެވެ.

ފެށުނީއްސުރެ ވައިބަރގައި ތައާރަފްކުރެވުނު ސްޓިކާ ސެޓްތަކާއި އެއްފަދައިން، “ފުޓުބޯޅަ” ސްޓިކާ ސެޓް ވެސް މައިގަނޑުގޮތެއްގައި ފަރުމާކުރެވިފައިވަނީ ދިވެހި ބަހުންނެވެ.

މިފަހަރުގެ ސްޓިކަރ ޕެކްގައި ހިމަނާފައިވަނީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ފުޓުބޯޅަޔާ ގުޅުން ހުރި ގޮވެލިތަކެވެ. މީގެ ތެރޭގައި “ގޯލް”، “ހިނގާ ކުޅެން ދާން؟”، “އަދި ޖަހާނެ”، “ފައިބާ”، “ބޮޑު ބޯޅަ”، “ތަށި ނަގާނަން މިފަހަރު”، މިފަދަ ލަފްޒުތައް ހިމެނެއެވެ. “ފުޓުބޯޅަ” ސްޓިކާސެޓް އިތުރު އެއްވެސް އަގަކާ ނުލާ ވައިބާ ސްޓިކާ މާކެޓުން ޑައުންލޯޑްކުރެވޭނެ އެވެ.

މަގްބޫލު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ބަހުރުވަޔާއި، އާދަކާދަތަކާއި، ދިވެހިންނާއި ގުޅުންހުރި ތަފާތު ކޮންޓެންޓް ހިމެނުމަކީ އުރީދޫއިން ވަރަށް އިސްކަމެއްދޭ ކަމަށާއި މިގޮތުން ވައިބާ އަދި އެހެނިހެން ޕާޓްނަރުންނާއި ގުޅިގެން ދިވެހި ރަހަތައް ބައިނަލްއަގްވާމީ ޕްލެޓްފޯމްތަކަށް ގެނައުމަށް ކުރިއަށްއޮތްތަނުގައިވެސް މަސައްކަތް ކުރަމުންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މީސްމީޑިއާގައި ޚިދުމަތްފޯރުކޮށްދޭ އުރީދޫގެ ސުމޭކީ މަދަދުގާރު ކަމަށްވާ އުރީދޫ ނެކްސްޓް ވެސް ވަނީ ދާދި ފަހުން ވައިބަރގައި ތައާރަފްކޮށްފައެވެ. އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލަރނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމް އެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށްވެސް، ފޭސްބުކް މެސެންޖަރ އަދި ވައިބަރ ފަދަ މީސްމީޑިއާގައި އުރީދޫ އާއި ބެހޭ ތަފާތު މައުލޫމާތު ސާފުކޮށް، ހިދުމަތް ހޯދޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355