twitterviber whatsapp telegramfacebookyoutube instagram
20th April 2024

އުމުރުން އެންމެ 30 އަހަރުގައި 2 ކިޑްނީ ފެއިލްވެ އެހީތެރިކަމަށް ބޭނުންވެފަ

May 6, 2018

މިއީ އުމުރުން އެންމެ 30 އަހަރުގެ ޒުވާން މަންމަ ގެ ވާހަކަ އެވެ. ޅަ އުމުރުގައި 2 ކިޑްނީ ފެއިލްވެ އެ ހިތްދަތިކަން ތަހައްމަލް ކުރަމުންދާ 9 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ މަންމައެއްގެ ވާހަކަ އެވެ.

ކުޅުދުއްފުށީ، އަލްމާސް ހަދީޖާ އިބްރާހިމް މި ބައްޔަށް ސިފާއެއް ހޯދުމަށް ޑައެލިސިސް ހަދަމުންދާތާ ދޮޅު މިހާރު ވަނީ ދޮޅު އަހަރުވެފައެވެ. ކިޑްނީ ބައްޔަށް ބޭސް ބޭނުން ކުރަމުން ދަނިކޮށް ފިޓް ޖެހި 2 ކިޑްނީފެއިލް ވެފައިވާއިރު މިހާރުވެސް އަންނަނީ ކޮންމެ ހަފްތާއަކު 2 ފަހަރު ޑައެލިސިސް ހަދަމުންނެވެ. އެހެންނަމަވެސް ހާލު ދަށްވުމުން ކޮންމެ މަހަކު އެއްފަހަރުހެން ލޭ އަޅަން ޖެހެއެ.

ކޭއޯއަށް މައުލޫމާތު ދެމުން ހަދީޖާގެ ދައްތަ ބުނީ ޑައެލިލިސް ހަދާ ދުވަސް ދުވަހު ލޭމަނާވަނީވެސް ވަރަށް އުދަނގުލުން ކަަމަށާއި މިކަމަށް ދާއިމީ ހައްލެ ހޯދުމަށް ކިޑްނީ ޓްރާންސްޕްލޭންޓް ހެދޭހާ ތަނަވަސްކަން އާއިލާގައި ނެތުމުން އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުން ވެފައިވާކަމަށެވެ.

ހަދީޖާގެ ލޭގެ ގްރޫޕަކީ އޯ ޕޮޒިޓިވްއެވެ. އާއިލާގައި ލޭ ގްރޫޕް ދިމާވާ ހުރީ އެންމެ އަންހެން ކޮއްކޮށްއެއް ކަމަށާއި އެހެންނަަމަވެސް އޭނާގެވެސް ސިއްހީ ހާލަތު ހުރިގޮތުން ކިޑްނީ ދެވެންނެތްކަމަށެވެ. އެހެންކަމުން ޑޯނާއެއްވެސް ބޭނުންވާކަމަށް އޭނާ ބުންޏެވެ.

މިހާރުވެސް ހާލަތު ދަށްވުމުގެ ސަބަބުން ޑޮކްޓަރަށް ދެއްކުމަށް މާލެދިއުމަށް ޑޮކްޓަރުން ލަފާދީފައިވާކަމަށާއި، މިދިޔަ ހަފްތާ ހުން އައިސް ރީނދޫވުމުގެ ސަބަބުން ޑޮކްޓަރުން ވިދާޅުވީ ލިވާގެ މައްސަލައެއް ކަމަށް ބެލެވޭތީ ވީހާވެސް އަވަހަށް މާލެގޮސް ޓެސްޓް ހެދުމަށްކަމަށެވެ.

މި ވަގުތުވެސް ހަދީޖާއަށް ދަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދެމުން ކަމަށް އެއާއިލާއިން ކޭއޯއަށް މައުލޫމާތު ދެއެވެ.

މާލެއިން ޓެސްޓް ހެދުމަށްފަހު ޔަގީން ނުވެއްޖެނަމަ ރާއްޖެއިން ބޭރަށްވެސް ދާންޖެހިދާނެތީ އެ އާއިލާއަށް ވަނީ އެންމެންގެ އެހީތެރިކަން ބޭނުންވެފައެވެ. ހަދީޖާގެ ފިރިމީހާއަކީ މަސްވެރިއަކަށްވެފައި ބަލިމީހާއާއެކު ދަތުރު ކުރަން މިވަގުތު ހުރީ ފިރިމީހާއަށް ވާތީ މަސައްކަތަށް ނިކުތުމުގައި ދަތިތަކާއި ދިމާވާތީ އާއިލާގެ އަތްމަތި ވަނީ ވަރަށް ދަތިވެފައެވެ. އަދި އާސަންދައިގެ އެހީނުލިބޭތީއާއެކު ދަތުުރުގެ ހަރަދު އަމިއްލައަށް ހަމަޖެއްސުމަށް ފައިސާގެ އެހީ އެއާއިލާއަށް ވަނީ ނުހަނު ބޮޑަށްބޭނުން ވެފައެވެ.

އެހެން ކަމުން ހަދީޖާއަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން ހަދީޖާ އިބްރާހިމްގެ އެކައުންޓް ނަންބަރު 7706349054101 ނަންބަރަށް ފައިސާ ފޮނުވޭނެއެވެ. އެ އާއިލާއަށް އެހީވެދެންވަން ބޭނުންވާ ފަރާތްތަކަށް 7946080 9921124 ނަންބަރަށް ގުޅޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355