twitterviber whatsapp telegramfacebookyoutube instagram
19th March 2024

ކުނިކޮށިން އެރި ބޯ ދުންތައް ރަށުގެ ބޮޑު ބަޔަކަށް ފެތުރި، އުނދަގޫތަކެއް !

May 19, 2018

ކުޅުދުއްފުށީގައި ކުނިކޮއްޓަށް ކޮންމެ ދުވަހަކު އުކާލައި އެތަކެއް ކުންޏެއް ނައްތާލަނީ އަލިފާން ޖަހައި އަންދައިގެންނެވެ. އެކަމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކޮންމެ ދުވަހަކުމެ ދުމުގެ އަސަރުކޮށް ބޮޑެތި އުނދަގޫތަކާ ދަނީ ކުރިމަތިވަމުންނެވެ.

ވަކިން ހާއްސަ އިރުމަތި ފަރާތުން ވައި ޖެހޭ މޫސުމުގައި ދުންތައް ރަށުގެ ތެރެއަށް ފެތުރި މުޅި އެސަރަހައްދު “ދަރު ބަނދިގެ” އަކަށް ހަދާލަ އެވެ. އެފަދަ ދުވަސްތަކުގައި ކުނިކޮށި ކައިރީގައި ހުންނަ ގޭބިސީތަކަށާއި ސަރުކާރުގެ އިމާރާތްތައް ބޭނުންކުރާ ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިވެ އެވެ. ސްޓޭޑިއަމްގެ އިތުރުން ސްކޫލެއްވެސް އެސަރަހައްދުގައި ހުރެ އެވެ.

މިއަދު ހަވީރު ކުނިކޮށިން އެރި ދުންތައް މުޅި ރަށުތެރެއަށް ފެތުރުނު–

މިއަދަކީވެސް އެފަދަ ދުވަހެކެވެ. ހަވީރު ވެގެން އައިއިރު އަމީނީމަގުގެ އިރުމަތި ފަރާތުގެ ބޮޑު ސަރަހައްދަކަށް ވަނީ ކުނިކޮށިން އަރަމުންދިޔަ ދުންތައް ފެތުރި ރަށުގެ ހަތަރު ބައިކޮށް އެއްބަޔަށް ކަހަލަ ގޮތަކަށް ދުމުގެ އަސަރުކޮށްފަ އެވެ. ރަށުގެ އެންމެ އިރުދެކުނު ކޮޅުގައި ހުންނަ ކުނިކޮށިން އަރަމުންދިޔަ ބޯ ދުންތައް ވަނީ ރަށުގެ ހުރަސް އެއް ބޮޑުމަގު ކަމަށްވާ ނިކަގަސްމަގާ ހަމައަށް ފޯރާފައި އެވެ.

ކުޅުދުއްފުށީ ކުނިކޮށި: ސިއްހީ ބޮޑު ނުރައްކަލެއް، އަވަސް ހައްލެ ބޭނުންވޭ

މިކަމުގެ ސަބަބުން އެސަރަހައްދުތަކުގައި އުޅޭ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ޝަކުވާކޮށް، ކަންބޮޑުވުންފާޅުކޮށްފަ އެވެ. ކުޅުދުއްފުށީ ކުނިކޮށި ބަލަހައްޓަމުން އަންނަނީ ފެނަކަ އިން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355