twitterviber whatsapp telegramfacebookyoutube instagram
19th March 2024

ރީތި، ހިތްފަސޭހަ ފަރަކަށް ހެދުމަށް، ޅައިމަގު ފަރުގައި މުރަކަ އިންދަން ފަށައިފި

May 19, 2018

ފަރު ހިމާޔަތްކުރުމަށް ށ ޅައިމަގު ޒުވާނުންތަކެއް އިސްނަގައި އެރަށުގެ ފަރުގައި މުރަކަ އިންދުމުގެ ޕްރޮގުރާމެއް ފަށައިފި އެވެ. މިހަރަކާތުގައި އިސްވެ އުޅެނީ ޅައިމަގު އެކުވެރިންގެ ރޫޙްގެ މެމްބަރުންނެވެ.

މުރަކަ އިންދަން ފެށި މިޕްރޮގުރާމަކީ އެރަށުގައި ލޯކަލް ޓޫރިޒަމް ތައާރަފ ވާންވާއިރަށް ޅައިމަގުގެ ވަށައިގެންވާ ފަރަކީ ރީތި، ހިތްފަސޭހަ ތަނަކަށް ހެދުމުގެ ގޮތުން ފެށި ޕްރޮގުރާމެކެވެ. މިޕްރޮގުރާމުގައި ފުރަތަމަ ފޭސްގައި 50-30 ފޫޓްފެ ސަރަހައްދެއްގައި ވަނީ މުރަކަ އިންދާފަ އެވެ.

ޅައިމަގު އެކުވެރިންގެ ޖަމިއްޔާއިން ކުރިއަށްގެންދިޔަ މުރަކަ އާލާކުރުމުގެ ޕްރޮގުރާމްގެ ތެރެއިން–

މުރަކަ އިންދުމުގައި އަމަލީގޮތުން ހަރަކާތްތެރިވެފައިވަނީ ޖަމިއްޔާގެ މެމްބަރުންނާއި ޅައިމަގުގެ ޒުވާނުންނެވެ. ކޮންސަލްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އެރަށު މުރަކަ، އިސްމާއިލް ޝަރީފް އެވެ. އޭނާއަކީ ކޮންރަޑް އިތާ އަންޑަރ ވޯޓަރ ރެސްޓައުރެންޓް ކައިރީގައި މުރަކަ އާލާކުރުމުގެ ޕްރޮގުރާމްގައި އަމަލީގޮތުން މަސައްކަތްކޮށްފައިވާ ފަރާތެކެވެ. މީގެ އިތުރުން މުރަކަ އިންދުމުގެ ގިނަ ޕްރޮގުރާމެއް އަމަލީގޮތުން ހަރަކާތްތެރިވެފައިވާ ތަޖުރިބާކާރު ޑައިވަރެކެވެ.

އޭނާ ވަނީ 2014 ވަނަ އަހަރު މޯލްޑިވަސް ބޯޓިންގ އެވޯޑްގައި ޑައިވް ގައިޑް އޮފް ދަ އިޔަރ ހާސިލްކޮށްފަ އެވެ.

ޅައިމަގު އެކުވެރިންގެ ޖަމިއްޔާއިން ކުރިއަށްގެންދިޔަ މުރަކަ އާލާކުރުމުގެ ޕްރޮގުރާމްގެ ތެރެއިން–

މުރަކަ އިންދުމުގެ މިޕްރޮގުރާމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޅައިމަގުގެ ވިޔަފާރިވެރިންނެވެ. އެކަމަށްޓަކައި އެފަރާތްކަށް ޅައިމަގު އެކުވެރިންގެ ރޫޙް ޝުކުރުއަދާކުރެ އެވެ.

ޅައިމަގު އެކުވެރިންގެ ޖަމިއްޔާއިން ކުރިއަށްގެންދިޔަ މުރަކަ އާލާކުރުމުގެ ޕްރޮގުރާމްގެ ތެރެއިން–

2017 ވަނަ އަހަރުގެ ޑިސެމްބަރުމަހު ތޫފާން އޮކްޝީގައި ޅައިމަގުގެ އިރު އުތުރު ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މިޕްރޮގުރާމްގައި ފުރަތަމަ މުރަކަ އިންދާފައިވަނީ އެސަރަހައްދުގަ އެވެ. މިފަދަ ދެވަނަ ޕްރޮޖެކްޓެއް ހިންގުމަށް ޅައިމަގު އެކުވެރިންގެ ރޫޙުން އަންނަނީ ތައްޔާރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355