twitterviber whatsapp telegramfacebookyoutube instagram
15th August 2026

ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް ވައިޓް އެލާޓް ނެރެފި

May 20, 2018

ހއ. އަތޮޅާއި ބ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް މޫސުން ގޯސްވާނެތީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 9:45 ން ހަވީރު 3:45 ގެ ނިޔަލަށެވެ

ރާއްޖޭގެ އުތުރަށް ވައިޓް އެލާޓް ނެރެފައި ވީނަމަވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ މޫސުމީ ވިއްސާރައެއްކަމަށާއި ހއ އަތޮޅާއި ބ އަތޮޅާއި ދެމެދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް މީޓިއޮރޮލޮޖީން ބުނެއެވެ..

ރާއްޖޭގެ އުތުރަށް ވައިޓް އެލާޓް ނެރެފައި ވީނަމަވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ. މީޓިއޮރޮލޮޖީން ބުނި ގޮތުގަިއ ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކަށް ގަޑިއަކު 6 މޭލާ 16 މޭލާދެމެދުގެ ބާރުމިނުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355