twitterviber whatsapp telegramfacebookyoutube instagram
1st November 2025

އެއާޕޯޓްގެ ހުޅަނގު ފަރާތުގައި ޖެހި ހިލަތޮށިން ބައެއް ރޫޅި، ގެއްލުންވެއްޖެ

May 26, 2018

ކުޅުދުއްފުށީގައި ހަދައި އެއާޕޯޓްގެ ހުޅަނގު ފަރާތުގައި ޖެހި ހިލަތޮށިން ބައެއް ރޫޅި، ގެއްލުންވެއްޖެ އެވެ. ހިލަތޮއްޓަށް ގެއްލުންވެފައިވަނީ ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ނެވެ.

ކުޅުދުއްފުށީގެ އުތުރު ފަރާތުގެ މޫދާއި ކުޅިން ބައެއް ހިއްކައިގެން ހަދައި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ ނިންމާލާފައިވާއިރު އެސަރަހައްދުގެ ގޮނޑުދޮށް ހިމާޔާތްކުރުމަށް ބޮޑު ބައެއްގައި ވަނީ ހިލަތޮށި ޖަހާފަ އެވެ.

ހުޅަނގު ފަރާތު ހިލަތޮށިން ބައެއް ރޫޅިފައިވަނީ ރޭގެ އެވެ. އިއްޔެ އާއި މިއަދު ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވައިގަދަވެ މޫސުމްވަނީ ވަރަށް ގޯސްވެފައިވެ އެވެ.

ކުޅުދުއްފުށީގައި ހަދައި އެއާޕޯޓްގެ ހުޅަނގު ފަރާތު ހިލަތޮއްޓަށް ގެއްލުންވެފަ–ފޮޓޯ: އަލީ

އެސަރަހައްދުގައި ޖަހާފައިވާ ހިލަތޮށިން ބައެއް ހިލަތައް ވެރިފައިވާއިރު ހިލަތޮށީގެ ބައެއް ތަންތަންވަނީ ވަރަށް ބޮޑަށް ރޫޅިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355