twitterviber whatsapp telegramfacebookyoutube instagram
3rd June 2026

މޫސުމް ރަނގަޅުވުމުން ހިލަތޮށި މަރާމާތުކުރުމުގެ މަސައްކަތް ފަށާނަން: އެމްޓީސީސީ

May 28, 2018

ވިއްސާރަވެ، މޫސުމް ގޯސްވުމުގެ ސަބަބުން ގެއްލުންވި ހިލަތޮށި މަރާމާތުކުރުމުގެ މަސައްކަތް މޫސުމް ރަނގަޅުވުމުން ފަށާނެކަމަށް އެމަސައްކަތް ކުރާ އެމްޓީސީސީ ހާމަކޮށްފި އެވެ.

މިދިޔަ ހުކުރުދުވަހުގެ ރޭ ކުރި ވިއްސާރާގައި ގެއްލުންވެފައިވަނީ ކުޅުދުއްފުށީ އެއާޕޯޓަށް ޖަހާފައިވާ ހިލަތޮށިން، ހުޅަނގު ކޮޅުގެ ބަޔަކަށެވެ. އެސަރަހައްދުގައި ޖަހާފައިވާ ހިލަތައް ރޫޅި، ގެއްލުންވެފައިވާއިރު އެތަނުގައި ޖަހާފައިވަނީ އީއައޭ ރިޕޯޓްގައި ޖަހަން އިރުޝާދުދީފައިވާ ހިލައިގެ ސައިޒަށްވުރެ ކުދި ހިލަތަކެއްކަމަށް ބުނެ ޝޯސަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

Rajje ge uthurahh kuramundhaa vissaaraiga Kulhudhuffushi Airport alhaa sarahaddhugai jahaafaihuri hila thottahh bodethi gellunthakehh vanee libifa. Moosun rangalhuvumun hilathoshi maraamaathu kurumuge masakkai #TeamMTCC in fashaane. pic.twitter.com/D3qweWLTdf

— MTCCProjects (@projectsmtcc) May 26, 2018

އެފަރާތަކުން ބުނަމުންދަނީ އީއައިއޭ ރިޕޯޓްގައި ޖަހަން އަންގާފައިވަނީ 1500-2000 ކިލޯގެ ހިލަ ކަމަށެވެ. އަދި އެހެންވުމުން އީއައިއޭ ރިޕޯޓްގެ ސައްހަކަމާމެދުވެސް އެފަރާތްތަކުންދަނީ ސުވާލުއުފައްދަމުންނެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުންވާ ބޮޑު ސަރަހައްދެއް މޫދާއި ކުޅި ހިމެނޭގޮތަށް ހިއްކާފައިވާއިރު އެސަރަހައްދުގެ ގޮނޑުދޮށް ހިމާޔާތްކުރުމަށް ވަނީ ހިލަތޮއްޓެއް ލައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355