twitterviber whatsapp telegramfacebookyoutube instagram
15th August 2026

ކައްކާ ގޭސް ލިބުން ދަތިވެ، ކުޅުދުއްފުށީގައި ގޭސް ވިއްކުން ކޮންޓްރޯލްކޮށްފި

May 28, 2018

މޯލްޑިވް ގޭސް ލިބުން ދަތިވެ، ކުޅުދުއްފުށީގައި ކައްކާ ގޭސް ވިއްކުން ކޮންޓްރޯލްކޮށްފި އެވެ. ކުޅުދުއްފުއްޓާއި ތިލަދުންމަތީގައި ފުޅާ ދާއިރާއެއްގައި މޯލްޑިވް ގޭސް ވިއްކަމުން އަންނަ އެޖެންޓް “ސޭމް”އިން ވަނީ ގޭސް ވިއްކުން މިވަގުތަށް ކޮންޓްރޯލްކޮށްފައިވާކަން ކޭއޯއަށް ކަށަވަރުކޮށްދީފަ އެވެ.

އެގޮތުން ގޭސް ލިބުން ދަތިވުމުން، ސޭމުން ނިންމާފައިވަނީ ދުވާލަކު 25 ފުޅި ގޭސް ވިއްކުމަށެވެ. އަދި އެހެން ރަށްރަށަށް ގޭސް ދޫކުރުން މިވަގުތަށް ވަނީ ހުއްޓާލާފައި އެވެ.

ސޭމުން ބުނީ ގޭސް ކޮންޓްރޯލްކުރަން ޖެހުނީ މާލެއިން ގޭސް ލިބުން ދަތިވުމުން ކަމަށެވެ. މިހާރުވެސް އެފަރާތުގެ ފުޅިތައް ގޭސް އެޅުމަށްޓަކައި ތިލަފުއްޓަށް ފޮނުވާފައިވާކަމަށް ސޭމް މެނޭޖަރު އަބުދުލް ސަލާމް ވިދާޅުވި އެވެ.

” ވިއްސާރަވުމުގެ ސަބަބަކުންނެތް ނޫން. މާލެއަށް ވަންނަށް ޖެހޭ ބޯޓް ވަނުން ލަސްވެގެން މިއުޅޭނީ.” އުތުރުގައި ފުޅާދާއިރާގައި މޯލްޑިވް ގޭހުގެ ވިއްކާ އެޖެންޓް، ސޭމްގެ މެނޭޖަރު ވިދާޅުވި އެވެ.

ސަލާމް ވިދާޅުވީ މޯލްޑިވް ގޭހުން މާދަމާ ޖަވާބެއް ދޭނެކަން ހާމަކޮށްފައިވާ ކަމަށާއި އެހެންވުމުން ސީދާ މިވަގުތު އެއްޗެއް ދަންނަވަން ދަތިކަމަށް އޭނާ ވިދާޅުވި އެވެ. ގޭސް މި ކޮންޓްރޯލްކޮށްފައިވީނަމަވެސް ރަށުތެރެއަށް ބޭނުންވާ ވަރަކަށް މިއަދު ގޭސް ދޫކުރާނެކަމަށް ސަލާމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355