twitterviber whatsapp telegramfacebookyoutube instagram
18th February 2026

ހޯރަފުށީ ކައިރީގައި ހަދާ އެއާޕޯޓްގެ ބިން ހިއްކުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

May 28, 2018

ހއ. ހޯރަފުށީ ކައިރީގައި އޮންނަ މާފިނޮޅުގައި ހަދައި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

ހޯރަފުށީގައި އެއާރޕޯޓް އެޅުމަށް ހަމަޖެހިފައިވަނީ އެރަށް ކައިރީގައި އޮންނަ މާފިނޮޅުން 16 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް ދައުލަތުގެ ބަޖެޓުން 64 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.

މާފިނޮޅުގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން–ސަން ފޮޓޯ

ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ހޯރަފުށީގައި އަޅަނީ 1.2 ކިލޯ މީޓަރުގެ ދިގު ރަންވޭއެއް ކަމަށާއި ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން ހަދަން ޖެހޭ އީއައިއޭގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ..

އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވީ މިމަޝްރޫއުގެ ދަށުން ބިން ހިއްކުމާއި އެސަރަހައްދުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ވެސް އެކުންފުނިން ކުރާނެ ކަމަށާއި، މަޝްރޫއުގެ މަސައްކަތް 203 ދުވަހުގެ ތެރޭގައި ނިންމާ ސަރުކާރާ ހަވާލުކުރާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ހޯރަފުށީ އެއާޕޯޓް އަޅަން ބިން ހިއްކާނީވެސް އެމްޓީސީސީގެ ކޮންނަ ބޯޓް މަހާ ޖައްރާފުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355