twitterviber whatsapp telegramfacebookyoutube instagram
24th April 2024

ދަތިނުވެ ކުޅުދުއްފުށީގެ ގޭބިސީތަކަށް ގޭސް ފޯރުކޮށްދެވޭނެ: ސޭމް

May 29, 2018

މޯލްޑިވް ގޭސް ލިބުމުގައި މިވަގުތު ދަތިތަކެއް ދިމާވެފައިވީނަމަވެސް ކުޅުދުއްފުށީގެ ގޭބިސީތަކަށް ދަތިކަމެއް ނެތި ގޭސް ފޯރުކޮށްދެމުންދާނެކަމަށް މޯލްޑިވް ގޭހުގެ ވިޔަފާރި ފުޅާ ދާއިރާގައި މިސަރަހައްދުގައި ކުރަމުންގެންދާ ސޭމުން ބުނެފި އެވެ.

ކައްކާ ގޭސް ލިބުމުގެ ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވީ ރާއްޖެއަށް ގޭސް ހިފައިގެން އަންނަ އޮތް ބޯޓެއް މާލޭއަށް ވަނުން ލަސްވުމުގެ ސަބަބުންނެވެ. އެހެންވެ ސޭމުން ވަނީ އިއްޔެ ފެށިގެން ގޭސް ވިއްކުން ކޮންޓްރޯލްކޮށްފައި އެވެ. ދުވާލަކު 25 ފުޅީގެ ރޭޓުން ގޭސް ދޫކުރުމަށް އިއްޔެ ނިންމާފައިވަނިކޮށް މޯލްޑިވް ގޭހުގެ ފަރާތުން ސޭމަށް ދަތިކަމެއް ނެތި ގޭސް ދޫކުރާނެކަމުގެ ޔަގީންކަން ރޭ ވަނީ ދީފަ އެވެ.

ފުޅާ ދާއިރާގައި ކުޅުދުއްފުއްޓާއި ތިލަދުންމަތީގައި މޯލްޑިވް ގޭހުގެ ވިޔަފާރި ކުރަމުންދާ ސޭމުގެ މެނޭޖަރު އަބުދުލް ސަލާމް ރޭ ކޭއޯއަށް ވިދާޅުވީ ތިލަފުއްޓަށް ފޮނުވާފައިވާ ފުޅިތަކަށް ގޭސް އަޅައިދޭނެކަމުގެ ޔަގީންކަން ރޭގައި މޯލްޑިވް ގޭސް ފަރާތުން ދިނުމުން ގޭހުގެ ކޮންޓްރޯލް ދޫކޮށްލައިފައިވާ ކަމަށެވެ.

” ކުޅުދުއްފުށީގެ ކަސްޓަމަރުންނަން ދަތިކަމެއް ނެތި ގޭސް ފޯރުކޮށްދެވޭނެ މިހާރު. އެހެން ރަށްރަށަށް ހޯލް ސޭލްކުރުން މަޑުޖައްސާލާފައި ވީނަމަވެސް ރީޓެއިލްކޮށް އެފަރާތްތަކަށްވެސް ގޭސް ފޯރުކޮށްދޭނަން.”

ކައްކާ ގޭސް ލިބުން ދަތިވެ، ކުޅުދުއްފުށީގައި ގޭސް ވިއްކުން ކޮންޓްރޯލްކޮށްފި

ރޯދަމަހާ ދިމާކޮށް ކޮންމެ ގޭސް ފުޅިއަކުން 50ރ ގެ ޑިސްކައުންޓް މޯލްޑިވް ގޭހުން ދެމުން އަންނައިރު ސޭމުންވެސް އަންނަނީ ކޮންމެ ކަސްޓަމަރަކަށް 50ރ ޑިސްކައުންޓެއް ދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355