އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން 2015 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ބަނދަރުގައި ހެދި ނަޒާހަތްތެރިކަމުގެ ބިނާ ނަގައި އެއްލާފައިފި އެވެ. މިބިނާއަކީ ވަރަށް އާދައިގެ ގޮތަށް ހަދާފައިވާ ބިނާ އެކެވެ.
އެބިނާ ނަގައި އެއްލައިލީ އުތުރު ބަނދަރުމަގު ހެދުމަށް މަގު ފުޅާކުރުމަށް އެބިނާ ނެގިއިރު އެބިނާއަށްވަނީ ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ.
މަގު ފުޅާކުރުމަށްޓަކާ ނަޒާހަތްތެރިކަމުގެ ބިނާ ނަގައި އެއްލާލާފަ–
ބިނާ މިހާރުވެސް މަގުގެ އެއް ފަރާތްތަކަށް އެއްލާލާފައިވާއިރު ބިނާގެ ބޮޑު ބައެއް ވަނީ ހަލާކުވެފައި އެވެ. އެބިނާ ނަގަން ހުއްދަދިނީ ކޮން ތަނަކުން ކަމެއް ސާފެއް ނުވި އެވެ. އަދި ބިނާ މަރާމާތުކޮށް އަލުން ބަހައްޓާނެކަންވެސް ވަނީ ސާފުވާގޮތްނުވެފައިވެ އެވެ.
ނަޒާހަތްތެރިކަމުގެ ބިނާ ބަހައްޓާއި އެތަން ހުޅުވައިދެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުންގެ ރައީސް ހަސަން ލުތުފީ އެވެ.
ނަޒާހަތްތެރިކަމުގެ ބިނާ ހުޅުވައިދެއްވުމަށްފަހު އޭސީސީގެ ރައީސް ހަސަން ލުތުފީ ވާހަކަދައްކަވަނީ–
ބިނާ ހުޅުވައިދެއްވުމަށް ފަހު ލުތުފީ އެދުވަހު ވިދާޅުވެފައިވަނީ އުތުރުގެ ގިނަ ރައްޔިތުންތަކެއް ކޮންމެ ދުވަހަކު ކުޅުދުއްފުއްޓަށް އައިސް ގޮސް އުޅޭއިރު، ބިނާ ފެންނަ ކޮންމެ ފަހަރަކު ނަޒާހަތްތެރިވުމަށް ހަނދާވާނެ ކަމަށެވެ.