twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެސްޓީއޯ ސުޕަމާޓް އިން އަލްއައިން ބްރޭންޑުގެ ޓޮމާޓޯ ޕޭސްޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި

May 31, 2018

ޔޫ.އޭ.އީ ގެ 1 ވަނަ ޓޮމާޓޯ ޕޭސްޓް ބްރޭންޑް ކަމަށްވާ “އަލް އައިން ޓޮމާޓޯ ޕޭސްޓް” އެސްޓީއޯ ސުޕަމާޓް އިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަން ފަށައިފިއެވެ.

އަލް އައިން އުފައްދާފައިވަނީ އެއްވެސްވަރަކަށް ޕްރިޒަވޭޓިވްސް ނުހިމަނާ މިސްރުގެ ދަނޑުތަކުގައި ހައްދާ ތާޒާ ޓޮމާޓޯ ބޭނުންކޮށްގެން ސްޓޭޓް އޮފް ދަ އާރޓް ޕްރޮސެސް ލައިނަކުންނެވެ.

އެސްޓީއޯ އިން މައުލޫމާތު ދޭގޮތުގައި މި ޓޮމާޓޯ ޕޭސްޓްގެ 3 ސައިޒެއް ވަނީ ބާޒާރަށް ނެރެ ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކަން ފަށާފައެވެ. މީގެތެރޭގައި 50 ގްރާމްގެ ޕެކެޓާއި، 40 ގްރާމްގެ، އަދި 800 ގްރާމްގެ ދަޅު ހިމެނޭ. އަދި އަލް އައިންގެ ދަޅުތަކަކީ ދަޅުކެންޑި ބޭނުންކުރަން ނުޖެހޭގޮތަށް އީޒީ އޯޕެން ލިޑް ހުންނަ ދަޅުތަކެއް ކަމަށްވެސް އެސްޓީއޯ އިން މައުލޫމާތުދެއެވެ.

އަލް އައިން ޓޮމާޓޯ ޕޭސްޓް ރީޓެއިލް އަދި ހޯލްސޭލްކޮށް ވިއްކާ އަގުތަކަކީ؛

މީގެއިތުރުން 10 ކޭހަށްވުރެން މަތިން ނަންގަވާ ފަރާތްތަކަށް ކޭހަކުން 10ރ އަގުހެޔޮވެގެން ދާނެކަމަށް ވެސް އެސްޓީއޯ އިން މައުލޫމާތުދެއެވެ.

އަލް އައިންގެ ޓޮމާޓޯ ޕޭސްޓް އެސްޓީއޯ ސުޕަމާޓުންނާއި ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ އިތުރުން އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުންވެސް ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ޔޫ.އޭ.އީ ގެ އަގްތިޔާ ކުންފުނިން އުފައްދާ މި ޓޮމާޓޯ ޕޭސްޓް އަކީ މިސްރުގައި ބަންދުކޮށްގެން އެކްސްޕޯޓްކުރާ ބްރޭންޑެކެވެ. އަގްތިޔާ އަކީ މެދުއިރުމަތީގައި ޓޮމާޓޯ ޕޭސްޓް އުފައްދާ އެންމެ ބޮޑު 3 ކުންފުނީގެ ތެރެއިން 1 ކުންފުނި އަދި މިސްރުގެ ޓޮމާޓޯ ޕޭސްޓް އުފައްދާ އެންމެ ބޮޑު ކުންފުންޏެވެ.

އަލް އައިން އުފައްދާފައިވަނީ އެއްވެސްވަރަކަށް ޕްރިޒަވޭޓިވްސް ނުހިމަނާ މިސްރުގެ ދަނޑުތަކުގައި ހައްދާ ތާޒާ ޓޮމާޓޯ ބޭނުންކޮށްގެން ސްޓޭޓް އޮފް ދަ އާރޓް ޕްރޮސެސް ލައިނަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355