twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހިރަފުސް ކަޕްގައި މިފަހަރު 8 ޖަމިއްޔާއެއް ބައިވެރިވެއްޖެ

Jun 5, 2018

ހިރަފުސް ފުޓްބޯޅަ ޓީމުގެ ފަރާތުން ކޮންމެއަހަރަކު ބާއްވަމުން އަންނަ “ހިރަފުސް ކަޕް” ގައި މިއަހަރު 8 ޓީމަކުން ބައިވެރިވެއްޖެއެވެ.

ހިރަފުސް ކަޕަކީ ހިރަފުސް ފުޓްބޯޅަޓީމުން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތެކެވެ. މިއީ ކުޅުދުއްފުށީގައި ޤަވާއިދުން ކޮންމެއަހަރަކު ބާއްވާ 11 އަސައިޑް ފުޓްބޯޅަ މުބާރާތެކެވެ. މިއި މިމުބާރާތް ވިދިވިދިގެން ބާއްވާ 11 ވަނައަހަރެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު މުބާރާތް ހުޅުވާލާފައިވަނީ ކުލަބު ޖަމިއްޔާތަކަށެވެ. މިގޮތަށް ކުލަބު ޖަމިއްޔާތަކަށް މުބާރާތް ހުޅުވާލީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ރަށުންބޭރުގެ ޓީމުތަކަށްވެސް ފުރުސަތު ދިނުމުގެ ގޮތުން ކަމުގައި ހިރަފުސް ޓީމުން މައުލޫމާތު ދެއެވެ.

“ޕެންޓަގުރާމް ހިރަފުސް ކަޕް 11” ގެ ނަމުގައި ބާއްވާ މިމުބާރާތުގައި މިއަހަރު ބައިވެރިވެފައިވާ ޓީމުތަކަކީ؛

މަގުލަސް ކުލަބު (ކުޅުދުއްފުށި)

ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާ (ކުޅުދުއްފުށި)

ކުލަބް ކޮރަލްސް (ކުޅުދުއްފުށި)

ސޮސައިޓީ ފޮރ ކުޅުދުއްފުށީ ޔޫތު (ކުޅުދުއްފުށި)

ވީ އާރ ވަން (ކުޅުދުއްފުށި)

ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކުލަބު (ކުޅުދުއްފުށި)

ޒިގްޒެޖް ފޮރ ޔޫތު ލިންކޭޖު (ކުޅުދުއްފުށި)

ލައިކަން ފުޓްބޯލް ކްލަބް (ނޮޅިވަރަންފަރު)

މިމުބާރާތުގެ މެއިން ސްޕޮންސަރ މިއަހަރުވެސް ނަގާފައިވަނީ “ޕެންޓަގްރާމް” ފިހާރައިންނެވެ. ޕެންޓަގްރާމް ފިހާރައަކީ ކުޅުދުއްފުށީގައި ގާރމެންޓްސްގެ ވިޔަފާރިކުރާ އެންމެ މަޝްހޫރު އެއް ފިހާރައެވެ.

ޕެންޓަގްރާމްގެ އިތުރުން ކުޅުދުއްފުއްޓާއި އެހެނިހެން ރަށްރަށުގެ ވަރަށްގިނަ ވިޔަފާރިވެރިންގެ އިތުރުން ސަރުކާރު ބައެއް މުއައްސަސާތަކާއި އާންމުންގެ ފަރާތުން އެހީތެރިކަން މިމުބާރާތަށް ލިބިގެންދާކަން ޝުކުރުވެރިކަމާއެކު ހިރަފުސް ފުޓްބޯޅަ ޓީމުން ފާހަގަ ކުރެއެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2018 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355