twitterviber whatsapp telegramfacebookyoutube instagram
28th June 2026

ތަފާތު ބޮޑުކޮށް ސައުދީ އަރަބިއްޔާ ބަލިކޮށް ރަޝިޔާގެ ފެށުން ރަގަޅުކޮށްފި

Jun 15, 2018

ވޯލްޑް ކަޕް 2018 ގެ ފުރަތަމަ މެޗުގައި ފަސޭހަ ކަމާއެކު ސައުދީ އަރަބިއްޔާ ބަލިކޮށް، ރަޝިޔާއިން ވޯލްޑް ކަޕްގެ ފެށުން ރަގަޅުކޮށްފި އެވެ.

މިފަހަރު ރަޝިޔާގައި ހޯސްޓް ކުރާ ވޯލްޑް ކަޕުގައި ރޭ ކުޅުނު މެޗުގައި ރަޝިޔާއިން ސައުދީ ބަލިކުރީ 5-0 އިންނެވެ. މިއީ 1934 ގެ ފަހުން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިހާ ތަފާތު ބޮޑު ނަތީޖާއެއް ފެނުނު ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ރަޝިޔާއިން ދެ ލަނޑު ޖަހާފައިވާއިރު ރަޝިޔާގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 12 ވަނަ މިނެޓްގައި ޔޫރީ ގަޒިންސްކީ އެވެ. އަދި ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޑެނިސް ޗެރިޝޭވް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް 2-0 އަށް ނަތީޖާ ބަދަލު ކޮށްލާފަ އެވެ.

ފަހު ހާފުގެ ކުރީކޮޅު މެޗު ތަންކޮޅެއް ވަނދުކޮށް ފެނިފައިވާއިރު ރަޝިޔާގެ ތިންވަނަ ލަނޑު ޖެހީ ޒޫބާ އެވެ. އަދި މިއާއެކު ފަސޭހަ ކަމާއެކު ރަޝިޔާ މެޗުގައި ކުޅެފައިވާއިރު މެޗުގެ އިތުރު ވަގުތުގައި ވަނީ އިތުރު ދެ ލަނޑު ޖަހާފަ އެވެ.

ޑެނިސް ޗެރިޝޭވް އޭނާގެ ދެވަނަ ގޯލު ޖަހާފައިވާއިރު އެލެކްސެންޑާ ގޮލޮވިންވެސް ވަނީ ހިލޭ ޖެހުމަކުން ލަނޑެއް ޖަހާފަ އެވެ.

މި ގުރޫޕްގައި ހިމެނޭ އަނެއް ދެ ޓީމް ކަމުގައިވާ އުރުގުއޭ އަދި މިސުރުގެ މެޗު ކުޅެވޭނީ ރާއްޖެ ގަޑިން މިއަދު 1700 ގަ އެވެ. އަދި ގުރޫޕް ބީ ގެ ފުރަތަމަ މެޗުގައި މޮރޮކޯ އަދި އީރާން 2000 ގައި ކުޅޭއިރު ފަހު މެޗުގައި ބައްދަލު ކުރާނީ ސްޕެއިން އަދި ޕޯޓްގަލް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355