twitterviber whatsapp telegramfacebookyoutube instagram
19th March 2024

މިދިޔަ މެއި މަހު 3 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުދާ އެތެރެކޮށްފައިވޭ: ކަސްޓަމްސް

Jun 23, 2018

ފާއިތުވި މޭ މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2017 ވަނަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 3 އިންސައްތަ ވަނީ އިތުރުވެފައެވެ.

ކަސްޓަމްސްއިން ނެރުނު މެއި މަހުގެ ތަފާސްހިސާބުން ދައްކާގޮތުގައި މިދިޔަ އަހަރުގެ މޭ މަހު ދިވެހިރާއްޖެއަށް 3.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ މޭ މަހު މިއަދަދުވަނީ 3.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން 19 އިންސައްތަ ޗައިނާ އިން އިމްޕޯޓްކޮށްފައިވާއިރު، ޔޫ.އޭ.އީ އިން 17 އިންސައްތަ އަދި ސިންގަޕޫރުން 14 އިންސައްތަ މުދާ ވަނީ އެތެރެކޮށްފައިވެއެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2017 ވަނަ އަހަރުގެ މޭ މަހާއި އަޅާބަލާއިރު ހުސްވި މޭ މަހު %10 ވަނީ ދަށްވެފައެވެ. މިއަހަރުގެ މޭ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 215 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ މޭ މަހު 240 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ފާއިތުވި މޭ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު 2017 މޭ މަހާ އަޅާބަލާއިރު 38 އިންސައްތަ ވަނީ ދަށްވެފައިވެއެވެ. 2017 ވަނަ އަހަރުގެ މޭ މަހު 326 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، 2018 ވަނައަހަރުގެ މޭ މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރުވަނީ 201 މިލިއަން ރުފިޔާ އަށް ދަށްވެފައެވެ.

މި އަހަރުގެ މޭމަހު އެކްސްޕޯޓް ކުރި މިންވަރު ދަށްވެފައި ވަނީ މޭމަހުގެ ތެރޭގައި ރާއްޖެއަށްކުރި ވިއްސާރައިގެ ސަބަބުން މަސްވެރިކަން ދަށްވެފައިވާތީކަމަށް ބެލެވެއެވެ. ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ މޭ މަހު އެކްސްޕޯޓްކުރި މުދަލުގެ 38 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، 14 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. ފަރަންސޭސިވިލާތަށް 11 އިންސައްތަ އެކްސްޕޯޓްކޮށްފައިވާއިރު އެމެރިކާއަށް 6 އިންސައްތަ އަދި އިނގިރޭސިވިލާތަށް 5 އިންސައްތަ އެކްސްޕޯޓްކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355