twitterviber whatsapp telegramfacebookyoutube instagram
18th April 2024

އުޅަނދު ފަހަރުގައި ކަޅުބިއްލޫރި ޖަހައިގެން ދުއްވުން މަނާކޮށްފި

Mar 28, 2011

އުޅަނދު ފަހަރުގައި ކަޅުބިއްލޫރި ޖަހައިގެން ދުއްވުން ޓްރާންސްޕޯޓް އޮތޯރިޓީން މަނާކޮށްފިއެވެ.

އެއްގަމުގައި އަދި ކަނޑުގައި ވިޔަފާރީގެ އުސޫލުން ޕަސިންޖަރުން އުފުލާ އުޅަނދު ފަހަރުގައި އެތެރެ ނުފެންނަ ބިއްލޫރި ޖަހައިގެން ދުއްވުން މަނާ ކޮށްފައި ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 45 ވަނަ މާއްދާއިން ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިއަދު ޓްރާންސްޕޯޓުން ނެރުނު އިއުލާނުގައި ބުނެފައިވަނީ ޕަސިންޖަރުން އަރުވައިގެން ދަތުރު ކުރެވޭ އުޅަނދު ފަހަރުގައި ސަންއެކްސް ޖަހައިގެން އެތެރެ ނުފެންނަގޮތަށް އެއްވެސް ވަސީލަތެއް ޖަހައިގެން ބޭނުންކޮށްގެން ދުއްވުމަކީ މަނާކަމެއް ކަމަށެވެ.

ކުޅުދުއްފުށީގައި ޓެކްސީގެ ގޮތުގައި ގާތްގަނޑަކަށް ތިރީހަކަށް ޓެކްސީ ދުއްވާއިރު، އޭގެތެރެއިން ބައެއް ޓެކްސީ ތަކަކީ މިފަދައިން ކަޅުބިއްލޫރި ޖަހާފައިވާ ޓެކްސީތަކެވެ. އަންނަ މަހުގެ 1 ގެ ކުރިން މިފަދައިން ހުރި ޓެކްސީތައް ރަނގަޅު ކުރަންޖެހޭނެކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355