twitterviber whatsapp telegramfacebookyoutube instagram
27th April 2024

އަގުހުރި އިނާމުތަކާއެކު އައިވެލް ޕޯޓްރޭޓް ފޮޓޯގްރަފީ މުބާރާތް، ފޯރިއާއެކު ކުރިއަށް!

Jun 24, 2018

ފުރަތަމަ ފަހަރަށް ކުޅުދުއްފުށީގައި ބާއްވާ ޕޮޓޯގްރަފީ މުބާރާތް ” އައިވެލް ޕޯޓްރޭޓް ފޮޓޯގްރެފީ ކޮމްޕެޓިޝަން” ފެށިގެން ކުރިއަށް އެބަދެ އެވެ. މިމުބާރާތަށް ފޮޓޯ ފޮނުވުމުގެ މުއްދަތު މިމަހު 26 ވަނަ ދުވަހަށް ހަމަވާނެ އެވެ.

މިމުބާރާތަކީ ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ “ތްރީ އޮން ތްރީ ބާސްކެޓް ސްޓްރީޓް ޗެލެންޖް”ގެ ތެރެއިން ކުރިއަށްދާ އިވެންޓެކެވެ. މި އިވެންޓްގެ މެއިން ސްޕޮންސަރއަކީ އައިވެލް ޕޯޓްރޭޓް އެވެ.

ފޮޓޯގްރަފީ މި މުބާރާތަކީ ކުޅުދުއްފުށީގައި މިގޮތަށް ބާއްވާ ފުރަތަމަ މުބާރާތަށްވާއިރު އަގުހުރި އިނާމުތަކެއްވެސް ވަނީ ހުށަހެޅިފަ އެވެ. އެގޮތުން 30،000ރ ގެ އަގުހުރި އިނާމު ވަނީ މިމުބާރާތަށް ހުށަހެޅިފަ އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފޮޓޯގްރަފީ މިމުބާރާތުގެ އެއްވަނަ އިނާމަކަށް 32 އިންޗީގެ ސްމާޓް ޓީވީއަކާއި ޕީއެސް 4 އެއް ހުށަހެޅިފައިވާއިރު ދެ ވަނަ އިނާމަކަށް ލެޕްޓޮޕެއް އަދި ތިންވަނަ އިނާމަކަށް ޖޭބީއެލް ބުރޭންޑްގެ ސައުންޑް ބާ އެއް ހުށަހަޅާފައިވެ އެވެ.

އައިވެލް ޕޯޓްރޭޓް ފޮޓޯގްރަފީ މުބާރާތަށް ފޮޓޯ ނެގުމަށް ދެ ތީމެއް ވަނީ ހުޅުވާލާފައި އެވެ. އެއީ ބިއުޓިފުލް މޯލްޑިވްސް އާއި މޯލްޑިވްސް ކަލްޗަރ އެވެ. ފޮޓޯ ފޮނުވުމުގައި ފަސޭހަ އިންތިޒާމުތަކެއް ހުރިއިރު ފޮޓޯ ފޮނުވުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 26 ވަނަ ދުވަހު 23:00 އަށެވެ.

އައިވެލް ޕޯޓްރޭޓް ޑަބުލިއު އެސް އޭ ތްރީ އޮން ތްރީ ސްޓްރީޓް ޗެލެންޖްގެ ފައިނަލް ނައިޓްގައި މިހާރު ބާއްވާގޮތަށް ހަމަޖެހިފައިވަނީ ޖަލާލުއްދީން ސްކޫލް ކުރިމަތި އަމީނީމަގުގަ އެވެ. ފައިނަލް އިވެންޓް އައިސް ޓީވީ ވަގުތުން ދައްކަން ހަމަޖެހިފައިވާއިރު އައިވެލް ފޮޓޯގްރަފީ ޗެލެންޖްގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ދޭނީ ފައިނަލް ނައިޓްގަ އެވެ.

މިމުބާރާތަކާއި ބެހޭ އިތުރު މައުލޫމާތު ޑަބުލިއު ސްޕޯޓްސް ފޭސްބުކް ޕޭޖުންނާއި އައިވެލް ޕޯޓްރޭޓްގެ ޕޭޖުން ލިބެން ހުންނާނެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355