twitterviber whatsapp telegramfacebookyoutube instagram
18th December 2025

ކުރިނބީގައި ހިނަވާގެއެއް ހެދުމަށް ބަޔަކާ ހަވާލުކޮށްފި

Jun 27, 2018

ހދ. ކުރިނބީގައި ހިނަވާގެ އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިކަމަށްޓަކާ ކުރިނބީ ކައުންސިލް އިދާރާގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު އަފްރާހު އެވެ. އަދި ހާވިލާ ކާޕެންޓްރީ އެންޓް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މުހައްމަދު ސަލީމް އެވެ.

596،100ރ ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ މި ހިނަވާގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ކުރިނބީގައި މީހުން ހިނަވަމުން އަންނަނީ މީހެއްގެ އަމިއްލަ ގޭގަ އެވެ.

ކުރިނބީގައި ހިނަވާގެއެއް ހެދުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން–

ޒަމާނީ ފެންވަރަށް އިމާރާތްކުރާ މި ހިނަވާގެ އެޅުމުން ހިނެވުމުގެ ކަންކަމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ކުރިނބީ ކައުންސިލުން ދެކެ އެވެ. މި ހިނަވާގެ އިމާރާތްކުރަނީ އެރަށު ހުކުރު މިސްކިތް ތެރޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355