މި ދުވަސްވަރު މީސް މީޑިޔާގަ އެންމެ ހަލުވިކަމާއެކު މީހުންގެ ހިތްތައް ފަތަހަކުރަމުންދާ މިދާ މި ފޮޓޯތަކަކީ ވަރަށްވެސް ހިތްގައިމު ފޮޓޯ ތަކެކޭ ބުނުމުން މުޅިޔަކުން ދޮގަކަށް ނުވާނެއެވެ.
ކުރީ ޒަމާނުގެ ދިވެހީންގެ އާދަކާދައާއި ސާދާ ދިރިއުޅުން ވަރަށް ފުރިހަމައަށް މިފޯޓަކުން ސިފަކޮށްދީފައިވެ އެވެ. އަދި އެޒަމާނުގެ ރަހަތައް ފޮޓޯތަކުން ވަރަށް ފުރިހަމައަށް ފެންނަ ހުރެ އެވެ.
އައިވެލް ޕޯޓްރޭޓް ފޮޓޯގްރަފީ މުބާރާތްގެ ތެރެއިން – ދިވެހިންގެ ކުރީގެ ސާދާ ދިރިއުޅުން ފެންނަ ފޮޓޯއެއް–
މި ފޮޓޯތައް މީސްމީޑިޔާގައި ދައުރުވަމުން މި ދިޔައީ ޑަބުލިއު ސްޕޯޓްސް އެކަޑަމީގެ “ތްރީ އޮން ތްރީ ބާސްކެޓް ސްޓްރީޓް ޗެލެންޖް”ގެ ތެރެއިން ކުރިއަށްގެންދިޔަ އައިވެލް ޕޯޓްރޭޓުން ބޭއްވި ފޮޓޯގްރެޕީ ކޮންޕެޓިޝަންއަކާ ގުޅިގެން ކަން ފާހަގަ ކޮށްލެވެއެވެ. މިމުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ 20 ފޮޓޯއެއް އައިވެލްއިން މިހާރު ވަނީ އާންމުކޮށްފަ އެވެ.
އައިވެލް ޕޯޓްރޭޓް ފޮޓޯގްރަފީ މުބާރާތްގެ ތެރެއިން – ދިވެހިންގެ ކުރީގެ ސާދާ ދިރިއުޅުން ފެންނަ ފޮޓޯއެއް–
ބިއުޓިފުލް މޯލްޑިވްސް އަދި މޯލްޑިވިއަން ކަލްޗަރ މި ދެ ތީމްއަށް ފޮޓޯ އަފްލޯޑް ކުރެވޭ ގޮތަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދިޔަ މި މުބާރާތުގެ ވަރަ ރީތި އަދި އެހާމެ ފުރިހަމަ ފޮޓޯތަކެއް ވަނީ ބައިވެރިންގެ ފަރާތުން ހުށައަޅާފައެވެ. މީސްމީޑިއާއަށް ދޫކޮށްލާފައި ހުރި ފޮޓޯތަކަށް ބަލާއިރު ގިނައީ މޯލްޑިވްސް ކަލްޗަރގެ ތީމަށް ހުށަހަޅާދީފައިވާ ފޮޓޯތަކެވެ.
އައިވެލް ޕޯޓްރޭޓް ފޮޓޯގްރަފީ މުބާރާތްގެ ތެރެއިން – ދިވެހިންގެ ކުރީގެ ސާދާ ދިރިއުޅުން ފެންނަ ފޮޓޯއެއް–
މީސް މީޑިއާގައި ގިނަ ބަޔެއްގެ ސަމާލުކަން ހޯދީވެސް މޯލްޑިވިއަން ކަލްޗަރ ތީމުގެ ފޮޓޯތަކެވެ. އެ ފޮޓޯތަކުގެ ފުރިހަމަ ކަމާއި ޗާލުކަން ފެނި، ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ތައުރީފު އޮއްސާލާފަ އެވެ. އަދި މިފަދަ މުހިންމު މުބާރާތެއް ޑަބުލިއު ސްޕޯޓްސް އާއި އައިވެލް ޕޯޓްރޭޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންގޮސްދޭތީ އެފަރާތްތަކަށް ޝުކުރުއަދާކޮށްފައިވެ އެވެ.
އައިވެލް ޕޯޓްރޭޓް ފޮޓޯގްރަފީ މުބާރާތްގެ ތެރެއިން – ދިވެހިންގެ ކުރީގެ ސާދާ ދިރިއުޅުން ފެންނަ ފޮޓޯއެއް–
އެގޮތުން މި ފޮޓޯތަކުުން ދައްކުވައިދެނީ ކުރީގެ މީހުންގެ ރޯނުވަށާ ، ބޮނބިތަޅާ ، ރާޒުވާކުޅޭ ، ހަނޑޫ ހޮވާ ، ދިވެހި ރީތި ކަސަބު ލިބާސް ، ކަސަބު ގެތުން ، ފަންގަޑު ވިނުން ، މަށި ފިލާ ލިޔުން ، މަދުބިނުން ، އިލާގައި ކިރުފެލުން ، ކަޅުހިލަ ދައިން ހަވާދުފުނޑުން ، ގޮނޑުދޮށުން ތެލިދޮވުން ، ހިލިބޭސް ހިލުން ފަދަ ދިވެހިންގެ ބުރަ މަސަކަތެވެ.
އައިވެލް ޕޯޓްރޭޓް ފޮޓޯގްރަފީ މުބާރާތްގެ ތެރެއިން – ދިވެހިންގެ ކުރީގެ ސާދާ ދިރިއުޅުން ފެންނަ ފޮޓޯއެއް–
ބައެއް ފޮޓޯތަކުން ޒަމާނީ ކުލަތައް ފެންނަށް ހުރި ނަމަވެސް ކުރީ ޒަމާނުގެ މީހުން ބުރުގާ އަޅާ ސްޓައިލް އަށް ބުރުގާ އަޅާފަ ހުރިނަމަ މި ފޮޓޯތަށް މިޔަ ވުރެން ފުރިހަމަވީސް ކަން ގައިމެވެ.