twitterviber whatsapp telegramfacebookyoutube instagram
1st November 2025

ކެންސަރު ބަލީގެ ވޭނުގައި އުޅޭ ދެ މީހަކަށް ފަންޑު ހޯދުމަށް ކުޅުދުއްފުށީގައި ހަރަކާތެއް !

Jun 27, 2018

ކެންސަރު ބަލީގެ ސިކާރައަކަށްވެ ވޭން ތަހަންމަލު ކުރަމުން ދާ ދެ މީހަކަށް އެހީވުމުގެ ގޮތުން ކުޅުދުއްފުށީގައި ފަންޑު ހޯދުމުގެ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.

މިގޮތުން އެހީވުމަށް ހަމަޖެހިފައި މި ވަނީ ވައިނޮޅިގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ އުމުރުން 42 އަހަރުގެ އިބްރާހީމް ރަސީދު (ފުނަދޫ)، އަދި އުރަމަތީގެ ކެންސަރުގެ ވޭނުގައި އުޅެމުންދަ ފާތިމަތު މުއީނާ(ވައިކަރަދޫ) އަށެވެ. މި ދެ ފަރާތުންވެސް މި ވަގުތު ފަރުވާ ހޯދަމުން ދަނީ އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގައެވެ.

މި ހަރަކާތް އިންތިޒާމްކުރާ ހެލްފިން ހޭންޑްގެ އޮފިޝަލަކު ކޭއޯއަށް މައުލޫމާތު ދެމުން ހާމަ ކުރި ގޮތުގައި ހަރަކާތް ކުރިޔަ ގެންދިޔުމަށް ހަމަޖެހިފައި މި ވަނީ 3 ދުވަހަކަށް ބަހާލައިގެން ކަމަށެވެ.

މިގޮތުން 28 ޖޫން ވާ ބުރާސްފަތި ދުވަހު ހަވިރު 1600 – 1800 އަށް ވެލިގަޑު ސަރަހައްދުގަޔާއި 29 ޖޫން ވާ ހުކުރު ދުވަހު 1600 – 1800 ގައި އާރޓިފިސިއަލް ބީޗް ސަރަހައްދުގައި އަދި 30 ޖޫން ވާ ހޮނިހިރު ދުވަހު 0900 – 1300 ގައި ހޮނިހިރު ބާޒާރު ސަރަހައްދު ގައެވެ.

މި ހަރަކާތް ކުރިޔަދާއިރު ފަންޑުފޮށިވެސް ހުންނާނެ ކަމަށް އެފަރާތުން މައުލޫމާތު ދެޔެވެ. މި ހަރަކާތުން ލިބޭ ފައިސާ ދެ ފަރާތަށް އެއްވަރަށް ބަހާލުމަށްފަހު މި ދެ މީހުންގެ އެހީގެ އެކައުންޓަށް ޖަމާކުރުމަށް ހަމަޖެހިފައިވާކަމަށް ހާމަ ކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355