twitterviber whatsapp telegramfacebookyoutube instagram
19th April 2024

އައިވެލް ޕޯޓްރޭޓްގެ ފޮޓޯގްރަފީ މުބާރާތުގެ އެއްވަނަ މިހާޒްގެ މި ފޮޓޯއަށް

Jun 30, 2018

ޑަބްލިއު ސްޕޯޓް އެކަޑެމީން އިންތިޒާމްކުރި ސްޓްރީޓް ޗެލެންޖް 2018 ގެ މުބާރާތުގެ ތެރެއިން ބޭއްވި ” އައިވެލް ޕޯޓްރޭޓް ފޮޓޯގްރެފީ ކޮމްޕެޓިޝަން” ގެ އެއްވަނަ މުހައްމަދު މިހާޒް ހޯދައިފި އެވެ.

ދެ ތީމަކަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި އެއްވަނައަށް ގޮސްފައިވަނީ ބިއުޓިފުލް މޯލްޑިވްސް ތީމްގެ ދަށުން މިހާޒް ނަގާފައިވާ ކުޅުދުއްފުށީ ކުޅީގެ ފޮޓޯ އެވެ.

މުބާރާތުގެ 2 ވަނަ ހޯދާފައިވަނީ މޯލްޑިވްސް ކަލްޗަރ ތީމް ގެ ދަށުން މުހައްމަދު އަހުމަދު (ޖިހާދޭ) ނަގާފައިވާ ފޮޓޯ އެކެވެ. މި ފޮޓޯއިން ދައްކުވައިދެނީ ކުރީގައި ގުރުއާން ދަސްކުރުމަށްޓަކައި ވޮށިފިލާގައި އަކުރު އަޅާ މަންޒަރެވެ.

ތިން ވަނައަށް ގޮސްފައިވަނީ މަރިޔަމް ސާޖިދާ ގެ ފޮޓޯއެކެވެ. މި ފޮޓޯއިން ދައްކުވައިދެނީ ކަރަންޓް ނެތް ދުވަސްވަރު ދިވެހިންގެ ތެރޭގައި އަލިކަން ހޯދި ގޮތާ ކުރީގައި ކޮށްއުޅުން ވަދު ބަނުމުގެ މަސައްކަތެވެ.

މި މުބާރާތަކީ ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މިމުބާރާތެކެވެ. އެގޮތުން އެއްވަނަ އިނާމަކަށް 32 އިންޗީގެ ސްމާޓް ޓީވީއަކާއި ޕީއެސް 4 އެއް ހުށަހެޅިފައިވާއިރު ދެ ވަނަ އިނާމަކަށް ލެޕްޓޮޕެއް އަދި ތިންވަނަ އިނާމަކަށް ޖޭބީއެލް ބުރޭންޑްގެ ސައުންޑް ބާ އެއް ވަނީ ހުށައަޅާފަ އެވެ.

ބޮޑު ތަރުހީބެއް ލިބުނު މި މުބާރާތުގައި ޖުމްލަ 50 ވުރެ ގިިނަ ފޮޓޯ ހުށައަޅާފައިވާ ކަަމަށާއި ނަމަވެސް ލައިކް ދިނުމަށް ހުޅުވާލީ އެންމެ ރީތި 20 ފޮޓޯ ކަމަށް އައިވެލްއިން މައުލޫމާތު ދެއެވެ.

މުބާރާތުގެ ވަނަވަނަ އަށް ދިޔަ ފޮޓޯތައް ހޮވާފައިވަނީ 10 ޖަޖުންގެ ޕެނަލްއަކުންނެވެ.

މި މުބާރާތުގެ ވަނަތައް ހޮވާފައިވަނީ ރޭ ބޭއްވި އައިވެލް ޕޯޓްރޭޓް ޑަބުލިއު އެސް އޭ ތްރީ އޮން ތްރީ ސްޓްރީޓް ޗެލެންޖްގެ ފައިނަލް ގަ އެވެ. ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ އައިވެލް ޕޯޓްރެއިޓްގެ އެމްޑީ އަހުމަދު ސަމީރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355