ބޮޑު ތަރުހީބަކާއެކު ކުރިއަށްގެންދިޔަ އައިވެލް ޕޯޓްރޭޓް ޑަބްލިއު ސްޕޯޓްޢ އެކަޑަމީގެ 3 އޮން 3 ސްޓްރީޓް ޗެލެންޖް ގެ ތެރެއިން ކުރިއަށްގެންދިޔަ މަންދު ކޮލެޖްގެ ސްކޮލަޝިފްގައި ބައިވެރިވި ކުދިންގެ މެދުގައި ގުރުއަތު ނަގައިފި އެވެ.
މަންދު ކޮލެޖާއި ޑަބުލިއު ސްޕޯޓްސް އެކަޑަމީ ގުޅިގެން މަންދު ކޮލެޖްގެ އޮފީސް ކުޅުދުއްފުށީގައި ހުޅުވުމުގެ ރަސްމިއްޔާތާ ގުޅުވައިގެން ފުރުސަތު ހުޅުވާލީ ބޮޑުތިލަދުންމަތި ހިމެނޭ މި ތިން އަތޮޅުގެ ދަރިވަރުންނަށެވެ.
ރޭ އޮތް ސްޓްރީޓް ޗެލެންޖްގެ ފައިނަލް އިވެންޓުގައި ސްކޮލަޝިޕް ލިބޭ 3 ފަރާތެއް ވަނީ އިއުލާންކޮށްފަ އެވެ.
ގުރުއަތުން ހޮވިފައިވަނީ:
– ނަޒީހާ ނައީމް ނަފާ/ ހއ ދިއްދޫ، އެޕްލައިކޮށްފައިވާ ކޯހަކީ އެޑްވާންސް ސެޓްފިކެޓް އިން ޓީޗިން ޕްރީސްކޫލް އަދި މިޑިލް ސްކޫލަށެވެ.
– އައިމިނަތު ލިއުޝާ ގްރީން ވޯލްޑް/ ހއ ހޯރަފުށި، އެޕްލައިކޮށްފައިވާ ކޯހަކީ ޑިޕްލޮމާ އިން ޓީޗި ޕްރީސްކޫލް އަދި މިޑިލް ސްކޫލް
– ސުއިޒާ އަހުމަދު ބޭކެނބިގެ/ ހއ ދިއްދޫ، އެޕްލައިކޮށްފައިވާ ކޯހަކީ މާސްޓާސް އިން އެޑިއުކޭޝަން
މީގެ އިތުރުންވެސް މި އަހަރުގެ ސްޓްރީޓް ޗެލެންޖުގައި “އައިވެލް ޕޯޓްރޭޓް ފޮޓޯގްރަފީ ކޮމްޕެޓިޝަން” ގެ ނަމުގައި ކޮމްޕެޓިޝަނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އަދި މިދިޔަ އަހަރެކޭ އެއްފަދައިން ކުއަންޓަމް ކިންގް އޮފް ދަ ރިންގް އާއި ތްރީ ޕޮއިންޓް ހޮޓްޝޮޓް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.