twitterviber whatsapp telegramfacebookyoutube instagram
30th May 2025

ސްކޭން ޑޮކްޓަރުގެ ހިދުމަތް މިއަދު ދޭން ފަށައިފި

Jun 30, 2018

މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސްކޭން ޑޮކްޓަރު ހިދުމަތް މިއަދު ދޭން ފަށައިފި އެެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސްކޭން ޑޮކްޓަރެއްގައި ހިދުމަތް މިއަދު އަލުން ދޭން ފަށާފައިވާއިރު ހޮސްޕިޓާ ތަރައްގީކުރުމުގެ މަސައްކަތްތަކެއް މިހާރު ދަނީ ސަރުކާރުން ފަށާފަ އެވެ.

ސްކޭން ޑޮކްޓަރެއް ނެތްކަމުގައި ވިޔަސް މާބަނޑު އަންހެން ސްކޭންތައް ހުއްޓުމެއް ނެތި ކުރިއަށްގެންގޮސްފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެ އެވެ.

އެގޮތުން މާބަނޑުގެ މީހުންގެ ނޯމަލް ކޭސްތައް އަންހެނުންގެ ހާއްސަ ޑޮކްޓަރުންގެ ބެލުމުގެ ދަށުން ސްކޭނިންގތައް ކުރިއަށްގެންދިޔަ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓާ އައިޖީއެމްއެޗް ފިޔަވާ ރާއްޖޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދާ ސަރުކާރުގެ ހޮސްޕިޓަލަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355