twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހއ ގެ ހުރިހާ ރަށެއްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަން ތައްޔާރުވަނީ !

Jul 15, 2018

ހއ.ގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމް ގާއިމުކޮށް، އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ބޭނުންކުރަން ފަށަން ތައްޔާރުވެފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

މި ޕުރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ( އޭ.ޑީ.ބީ ) 7.98 މިލިއަން ޔޫ.އެސް ޑޮލަރުގެ އެހީގެ ދަށުން ހިންގާ ޕުރޮޖެކްޓެކެވެ. މި ޕުރޮޖެކްޓް ނިމޭނެ ކަމަށް ލަފާ ކުރެވެނީ މި އަހަރުގެ އޯގަސްޓް މަހުގަޔެެވެ.

ރާއްޖޭގައި މި މަސްރޫއުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، ހއ އަތޮޅަކީ މި މަސްރުއުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފެށި އަތޮޅެވެ. މި މަސްރޫއުގެ ދަށުން އެ އަތޮޅުގަ 2363 ކިލޯވޮޓްގެ ސޯލާ ޕެނަލް ހަރުކުރުމާއި، 2620 ކިލޯވޮޓްގެ ޖެނެރޭޓާރ ބަހައްޓާ ، 11898 ކިލޯމީޓާރުގެ ކޭބަލް އަޅައި 14 ޖެނެރޭޓަރު ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

މި 14 ރަށުގައި ޕީވީ ސިސްޓަމާއި ބެޓެރި ސިސްޓަމްގެ 80 އިންސައްތަ މަސައްކަތް ނިމި އަދި ގްރިޑް އަޕްގޭޑް ކުރުމުގެ މަސަކަތުގެ 90 އިންސައްތަ ނިމި ޖެނެރޭޓާރ ކޮންޓްރޮލާރް ބަހައްޓައި ވިއުގާއާއި ގުޅާނިމި ޕުރޮޖެކްޓް ފަރާތުން ފޯރުކޮށްދޭ އައު އިންޖީނުތަށް ހުރިހާ ރަށަކަށް ގެންގޮސް އިންސޯލް ކުރުމުގެ މަސަކަތް ކުރިޔަށް ދާކަމަށް އެފަރާތުން ހާމަކުރިޔެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހްމަދު އަލީ ވިދާޅުވީ ބައެއް ރަށްތަކުގެ އިންޖީނުގެތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާތީ މި މަސައްކަތް ކުރިއަށްގެންދިއުމުގައި މަޑުޖެހުމެއް އުޅޭކަމަށެވެ. ނަމަވެސް މި މަސްރޫއާ ގުޅުންހުރި މަސައްތައް މަޑުޖެހުމެއްނެތި އެރަށްތަކުގައިވެސް ކުރިއަށްދާކަން އަހްމަދު އަލީ ފާހަގަކުރެއްވިއެވެ.

ހދ.އަތޮޅުގެ 13 ރަށުގައި އަވިން ހަކަތަ އުފައްދާ ނިޒާމް ގާއިމުކުރުމަށް މިހާރުވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. މި މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށްދަނީ މަސައްކަތް ކުރަމުންނެވެ. ށ އަތޮޅާއި ނ އަތޮޅުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް މިހާރުުދަނީ އެކަމަށް ބޭނުންވާ ސާމާނު ރަށްރަށަށް ފޮނުވަމުންނެވެ.

މި މަސްރޫއު ފެށުމަށް ބޭނުންވާ ސަރވޭ ކުރުމާއި، ފީސިބިލިޓީ ސްޑަޑީސް ހެދުމާއި، ކުރެހުންތައް ފައިނަލް ކުރުމުގެ މަސައްކަތް ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިހާރު ކުރަމުންދާއިރު، މި އަހަރުގެ ތެރޭގައި އިތުރު 160 ރަށުގައި އިއަދަ ކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންވާ ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ފެށުމަށް ބީލަމަށް ހުޅުވާލާނެކަަމަށް މިނިސްޓްރީން ބުނެއެވެ. މި މަސްރޫއުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓުގެ 30 އިންސައްތައަކީ އިޔާދަ ކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މަސްރޫއުގެ ދަށުން މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ދަނީ ސޯލާ ޕެނަލް ހަރުކޮށް އަވިން ކަރަންޓު އުފައްދަމުންނެވެ.

އެގޮތުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި، ށ.ގޮއިދޫ، ކުރެންދޫ، ތ.ބުރުނީ، އަދި ގއ.ވިލިގިލިގައި ގެންދަނީ މި މަސްރުއުގެ މަސައްކަތް ނިންމައި އަވިން އުފައްދާ ކަރަންޓު ބޭނުންކުރަމުންނެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355