twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބިލެއްފަހީގައި އެއާޕޯޓެއް އަޅަން ނިންމާ އެކަން ރައީސް އިއުލާންކުރައްވައިފި

Jul 2, 2018

ށ ބިލެތްފަހީގައި އެއާޕޯޓް އަޅަންނިންމާ އެކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދެންމެ އިއުލާންކުރައްވައިފި އެވެ.

ބިލެފަހީ ގޮޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބިލެއްފަހީގައި އެއަރޕޯޓް އެޅުމަށް ބޮޑު ކުންފުންޏަކުން ސަރުކާރަށް ހުށައަޅާފައިވާކަމަށެވެ.

ށ އަތޮޅުގެ ދެ ބިތުގައި ރަށްތައް ރުކުރުވާލެވިފައިހުރުމުން ދަތުރުފަތުރުކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ފުނަދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު ސަރުކާރުން ވިސްނާފައިވަނީ ބިލެއްފަހީގައިވެސް އެއާޕޯޓެއް ތަރައްގީކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

400 މީހުން ދިރިއުޅެމުންދާ ބިލެއްފަހީގައި އެއާޕޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކު މީގެ ދުވަސްކޮޅެއް ކުރިން ޝައުގުވެރިކަންފާޅުކޮށްފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބިލެތްފައްސަށް ވަޑައިގަތުމުގެ ކުރިން ބިލެތްފަހީގެ އެއާޕޯޓް އަޅަން ހުށައެޅި ކުންފުންނާއި ވާހަކަދައްކާ ހުރިހާކަންކަން ނިންމަން ބޭނުންވިކަމަށެވެ.

އެހެންނަމަވެސް އެ ކުންފުންޏާއިއެކު ބާއްވަން ޖެހޭ ބައްދަލުވުންތައް ބޭއްވިފައިނުވާތީ އެކަން ދަތުރުގެ ކުރިން ނިންމާނުލެވުނީކަމަށްވެސް ރައީސް ވިދާޅުވި އެވެ

ހއ. ހދ. އަދި ށ. އަކީ ޓޫރިޒަމްގެ ދޮރު ހުޅުވާލައި އޭގެ ނަފާ ވަރަށް ބޮޑަށް ވައްދަން ޖެހިފައިވާ އަތޮޅުތަކެއް ކަމަށާއި މިސަރަހައްދުގައި ޓޫރިޒަމް ތަރައްގީކުރަން ހުރަސްތައް ދިމާވެފައިވަނީ ދަތުރުފަތުރު ކުރެވޭނެ ގޮތްތަކެއް ނެތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

” ދަތުރުފަތުރު ފަސޭހައެއް ނޫން، ތަރައްގީ ގެންނާކަށްވެސް އެހާ ފަސޭހައެއް ނޫން. އެހެންވެގެންތާ މިދާއިރާއަށް މިއޮތްހާ ދުވަހު ޓޫރިޒަމް ނައިސް މިއޮތީ.” ބިލެއްފަހީގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ވިދާޅުވީ ބިލެއްފަހީގައި އެއާޕޯޓް އަޅަން ހުށައެޅު ކުންފުންޏާއެކު އަންނަ ހަފްތާގެ ތެރޭގައި ޓްއަރިޒަމް މިނިސްޓަރ ބައްދަލުކުރައްވާނެކަމަށެވެ.

ބިލެއްފަހީގެ ފަޅަކީ ބޮޑު ފަޅެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެފަޅު ތަރައްގީކޮށް ރަށަށް އޭގެ ފައިދާ ހޯދާނެ ކަމަށެ އެވެ. އަދި ފުނަދޫ އެއާޕޯޓާއި ބިލެއްފަހީގެ އެއާޕޯޓް ނިމުމުން މުޅި ށ އަތޮޅަށް އޭގެ ފައިދާކޮށް ޓޫރިޒަމް ފެށިގެންދާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355