ށ. ބިލެއްފަހި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ނިމުން ރަޢީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވައިފި އެވެ.
ރައީސް ށ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބިލެތްފަހި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ނިމުން އިފްތިތާހްކޮށްދެއްވީ މިއަދު މެންދުރު އެވެ.
ބިލެއްފަހީގެ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން 520 މީޓަރު ދިގުމިނުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއްވަނީ ޖަހާފައިވެ. އަދި 25 ހާސް ހަތްސަތޭކަ ތިރީސް އަށް ކޮޑިމީޓަރއަށް ވެލިއަޅައި ހިއްކާއި ހިމާޔަތްކޮށްފައިވެ އެވެ. މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމިފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
15 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ބިލެއްފަހީގެ 500 މީޓަރުގެ ސަރަހައްދެއް ވަނީ ހިމާޔާތްކޮށްފަ އެވެ.
ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުންދިޔަ ށ. ބިލެއްފަހީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ދައުލަތުގެ ބަޖެޓުގައި ހިމަނާ އެމަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 23 ވަނަދުވަހު އެވެ.