ޗައިނާގައި ކުރިއަށްގެންދާ ވޯޓަރ އެންޑް ރެސްކިއު ޓްރެއިންގ ޕްރޮގުރާމަކަށް ރެޑްކުރެންސެންޓްގެ ހދ ބުރާންޗުގެ ދެ ވޮލެންޓިއަރަކު ރޭ ފުރައިފި އެވެ.
ޗައިނާ ރެޑްކުރެސެންޓްގެ ފަރާތުން މިމަހު 2-11 އަށް ޗައިނާގެ ފުޖިއާންގައި ކުރިއަށްގެންދާ މި ޓްރެއިނިންގގައި ބައިވެރިވާ ހދ ރެޑްކުރެސެންޓްގެ ދެ ވޮލަންޓިއަރުންނަކީ އަފީފުއްދީން ސްކޫލްގެ ހެލްތް އޮފިސަރު އަލީ ޒަކަރިއްޔާ އަދި ޕޮލިސް ކޯޕްރަލް މޫސާ އަބޫބަކުރެވެ.
ޗައިނާއަށް ދިޔަ ރެޑްކުރެންސެންޓްގެ ހަތަރު ވޮލެންޓިއަރުން–
މޫސާ އަބޫބަކުރަކީ ރެޑްކުރެސެންޓްގެ ވޮލެންޓިއަރެއްގެ އިތުރުން ގަވާނިންގ ބޯޑްގެ މެމްބަރެއްވެސް މެއެވެ.
ޗައިނާ ރެޑްކުރެސެންޓްގެ ފަރާތުން މި ޓްރެއިނިންގ ގައި ބައިވެރިވުމަށް ރާއްޖެއަށް 4 ފުރުސަތު ދީފައިވެ އެވެ. މި ހަތަރު ފުރުސަތުގެ ބޭނުންވެސް ރާއްޖެއިން ވަނީ ހިފާފަ އެެވެ.