ސިނާއީ މަސައްކަތްތައް ކުރާ ކ ތިލަފުށީ ފަޅުތެރޭގައި ކުޅުދުއްފުށީ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ. މަރުވެފައިވާ އޮއްވައި ފެނިފައިވަނީ ކުޅުދުއްފުށީ، ޔެލޯލައިޓް އަހުމަދު މުހައްމަދު (54އ) އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ތިލަފުށީ ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިގެން އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 5:04 ހާއިރުގައި ކަމަށެވެ. ނަމަވެސް އަދި އެމީހާގެ ވަނަވަރެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުއް ލަތީފު ހަސަން ވިދާޅުވީ ތިލަފުށީގައި މަސައްކަތްކުރާ ކުޅުދުއްފުށީ މީހަކު މަރުވެގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށައި ނަމަވެސް އެއީ ކާކުކަން އެނގިފައިނުވާކަމަށެވެ.
އެނާއަކީ އެމްޓީސީސީގެ ޓާގު ބޯޓެއްގައި ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ.