twitterviber whatsapp telegramfacebookyoutube instagram
28th March 2024

މިލަންދޫ ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވައިފި

Jul 3, 2018

މިލަންދޫގެ ނަރުދަމާގެ މަސައްކަތް ރަސްމީކޮށް މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ފައްޓަވައިދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން މި މަޝްރޫއު ފައްޓަވައި ދެއްވީ ށ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ށ.މިލަންދޫއަށް ވަޑައިގެންފައެވެ.

މި މަޝްރޫޢުގެ ދަށުން މިލަންދޫގައިވަނީ 5 ޕަމްޕް ސްޓޭޝަން ބަހައްޓާ 13.2 ކޮލީ މީޓަރުގެ ނަރުދަމާގެ ވިއުގައެއް ވަނީ ގާއިމުކޮށްފައެވެ.

މިލަންދޫގެ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައިވަނީ 19 އޮގަސްޓް 2014ގައެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމާ މިދިޔަ އަހަރުގެ މާޗްމަހުގެ 27 ވަނަދުވަހުން ފެށިގެންވަނީ ބޭނުންކުރަން ފަށާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ށ އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އިއްޔެވަނީ ށ. ފުނަދޫއަށް ވަޑައިގެންފައެވެ. މީގެ އިތުރުން ގެން ވަޑައިގަންނަވާނީ ބިލެއްފައްސަށާއި ކަނޑިތީމަށެވެ.

މިލަންދޫގެ ނަރުދަމާގެ މަސައްކަތަކީ ސަރުކާރުން 56 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މީގެ އިތުރުން މިިދިޔަ މަހުގެ ތެރޭގައި އެރަށުގެ ފެނުގެ ނިޒާމް ގާއިމް ކުުރުމުގެ މަސައްކަތް ފަށާފައިވާއިރު މި މަޝްރޫއަކީ 47 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިމަޝްރޫޢުގެ ދަށުން ށ. މިލަންދޫގައި 29 ކިލޯ މީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކޮށް ގަޑިއަކު 10 ޓަނުގެ ފެންއުފައްދާ ދެ އާރްއޯ ޕްލާންޓް ބެހެއްޓޭނެ އެވެ. މި ދެ ޕްލާންޓުން ދުވާލަކު ޖުމްލަ 164 ޓަނުގެ ފެން އުފެއްދޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355