twitterviber whatsapp telegramfacebookyoutube instagram
26th April 2024

މިލަންދޫގެ ތަރައްގީއަށް 222 މިލިއަން ރުފިޔާ މިސަރުކާރުން ހަރަދުކޮށްފައިވޭ: ރައީސް

Jul 3, 2018

ށ. މިލަންދޫގެ ތަރައްގީއަށް 222 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިލަންދޫގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް އެރަށަށް މިއަދު ވަޑައިގެން ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވީ ކުރީގެ ސަރުކާރުތަކާއި އަޅާ ބަލައި އިރު މިވެރިކަމުގެ މިލަންދޫއަށް ބޮޑެތި މަޝްރޫއުތަކެއް ހިންގިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ 182 މިލިއަން ރުފިޔާގެ މަޝްރޫއު މިލަންދޫގައި ހިންގިފައިވާއިރު ފެނުގެ މަޝްރޫއު ނިމުމުން ޖުމްލަ 222 މިލިއަން ރުފިޔާގެ މަޝްރޫއު މިލަންދޫގައި ހިންގިފައިވާނެ ކަމަށެވެ.

ރައީސް ނަޝީދާއި ރައީސް ވަހީދުގެ ވެރިކަމުގެ ފަސް އަހަރުގެ އެރަށުގެ ތަރައްގީއަށް ހިންގިފައިވަނީ 42 މިލިއަން ރުފިޔާގެ މަޝްރޫއުކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. މިސަރުކާރުގެ ދައުރުގައި ފަސް ގުނަ އިތުރަށް ތަރައްގީކުރެވިގެންގޮސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މިލަންދޫގައި ސަރުކާރުން އަސާސީ މުހިންމު ހިދުމަތްތަކެއް ގާއިމްކޮށްފައިވާކަން ފާހަގަކުރައްވާ މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަރަމަންޓް މިނިސްޓަރ ތޯރިގް އިބުރާހިމް ވިދާޅުވީ އެރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅުކޮށް، ކުނި މެނޭޖްކުރުމަށް 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. 56 މިލިއަން ރުފިޔާ ހަރަދުކޮށްގެން ނަރުދަމާގެ މަސައްކަތް ނިންމާލާފައިވާއިރު ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އެމަޝްރޫއުއަށް 47 މިލިއަން ހަރަދުވެގެންދާނެކަމަށް ތޯރިގް ވިދާޅުވި އެވެ.

ކަރަންޓްގެ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން މިއަދު މިދަނީ އިރާކުރަވަނި ހަކަތަ ޖެހުމަށް މަސައްކަތްކުރަމުން، އެގޮތުން މިއަންނަ އޯގަސްޓްމަހުގެ ތެރޭގައި މިލަންދޫގައި 400 ކިލޯވޯޓަށް ވުރެ މަތިން ކަރަންޓް އުފެއްދޭ ނިޒާމެއް ހަރުކުރެވިގެންދާނެކަމަށް ތޯރިގް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355