twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ހއ އަދި ހދ ގެ ބައެއް ރަށްތަކަށް ރައީސް މާދަމާ ވަޑައިގަންނަވަނީ

Jul 15, 2018

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމް މާދަމާ ހއ އަދި ހދ ގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މިދަތުރުފުޅުގައި ހދ އަތޮޅުން ރައީސް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ނޮޅިވަރަމް އަދި ހަނިމާދޫއަށެވެ. މިދެ ރަށްރަށަށް ވަޑައިގެން ނަރުދަމާގެ މަޝްރޫއު އިފްތިތާހް ކޮށްދެއްވާނެ އެވެ.

މިދަތުރުފުޅުގައި ހއ އަތޮޅުން ފަސް ރަށްށަކަށް ރައީސް ވަޑައިގަންނަވާނެ އެވެ. އެއީ ހޯރަފުއްޓާއި ދިއްދޫ، އިހަވަންދޫ، ކެލާ އަދި ބާރަށެވެ. މިދަތުރުފުޅުގައި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހުޅުވުމާއި ނިންމުމުގެ ރަސްމިއްޔާތުތައް ރައީސް އިފްތިތާހްކުރައްވާނެ އެވެ.

ރައީސް ޔާމީން ވެރިކަމަށްވަޑައިގަތް ފަހުން މިއީ ހއ ގެ ވެރިކަން ކުރާ ރަށް ދިއްދޫއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355