twitterviber whatsapp telegramfacebookyoutube instagram
2nd November 2025

ނަފުސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބަލިމީހުން ބަލަނީ

Jul 16, 2018

ނަޕުސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބަލިމީހުން ބަލާގޮތަށް ހަމަޖެހިއްޖެ އެވެ.

އެގޮތުން މި ޖުލައި 24 އަދި 25 ދެ ދުވަހު ނަފުސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރ މުހައްމަދު އާރިފް އެ ހޮސްޕިޓަލުގައި ބަލި މީހުން ބަލައި ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތް ތަކުން މި ޖުލައި މަހު 17 އަދި 18 މި ދެދުވަހު ހޮސްޕިޓަލުގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރ ޕުރޮމޯދު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ އަހްމަދު ހުސެއިން އަދި ޑޮކްޓަރ ހޭބާއަށް ދެކެވުމަށް ފަހު ނަންނޯޓް ކުރުމަށް އެ ހޮސްޕިޓަލުން އިލްތިމާސް ކުރެޔެވެ.

މިނިސްޓްރީ އޮފް ހެލްތާއި ޕާކިސްތާނު އެމްބަސީ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްގެންދާ ހެލްތު ކޭމްޕެއްގެ ތެރެއިން ނާރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް މިމަހު ކުރީކޮޅު ވަނީ އެހޮސްޕިޓަލުގައި ބަލިމީހުން ބަލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355