twitterviber whatsapp telegramfacebookyoutube instagram
28th March 2024

ސްކައި ޖަމިއްޔާ އިން ހދ އޭއީސީގެ އެތުލީޓުންނަށް ފައިސާގެ އެހީއެއް !

Jul 16, 2018

ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) ޖަމިއްޔާގެ ފަރާތުން ހދ އަތޮޅު ތައުލީމީ މަރުކަޒަށް 13،358ރ ހަދިޔާކޮށްފި އެވެ.

ފައިސާގެ މި އެހީއަކީ މި ޖުލައިމަހު ފޯއްމުލަކު ސިޓީގައި ކުރިއަށްގެންދާ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ހދ އަތޮޅު ތައުލީމީ މަރުކަޒު ތަމްސީލުކުރާ ދަރިވަރުންގެ ހަރަދުގެ ކަންތައްތައް ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ހަދިޔާކުރި ފައިސާ އެވެ.

މި އެހީ ހަވާލުކުރުމަށް މިއަދު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ކުޑަ ހަފުލާއެއްގައި ސްކައިގެ ފަރާތުން މިފައިސާ ހަވާލުކޮށްދެއްވީ އެޖަމިއްޔާގެ ރައީސް މުހަންމަދު ހަސަން އެވެ. ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން އެހީއާ ހަވާލުވެލެއްވީ އެސްކޫލުގެ ޕްރިންސިޕަލް ޝަހީދާ އަލީ އެވެ.

ހދ އޭއީސީގެ އެތުލީޓުންނަށް އެހީވުމުގެ ގޮތުން ސްކައި އިން ފައިސާގެ އެހީ ހަވާލުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން—-

މިހަފްލާގައި ވާހަކަދައްކަވަމުން ޝަހީދާ އަލީ ވިދާޅުވިގޮތުގައި އެ މުބާރާތުގައި ހަރަދުތަކަށް ދެ ލައްކައެއްހާ ރުފިޔާގެ ހަރަދު ހިނގާނެކަމަށް ބެލެވޭއިރު އެކަމުގެ ހުރިހާ ހަރަދެއް ސްކޫލުން ހަމަޖައްސައިދޭގޮތަށް މިހާރު ނިމިފައިވާ ކަމަށެވެ.

ސްކައިން މިފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމުން ޝަހީދާ ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.

ހދ އޭއީސީގެ އެތުލީޓުންނަށް އެހީވުމުގެ ގޮތުން ސްކައި އިން ފައިސާގެ އެހީ ހަވާލުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން—-

ސްކައިގެ ރައީސް މުހަންމަދު ހަސަން ވިދާޅުވީ ފައިސާ ހޯދާފައިވަނީ މަސައްކަތު ދުވަހެއް ފާހަގަކޮށްގެން ކަމަށެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން އަންނަނީ ސްކޫލަށާއި ރަށަށް އެތުލެޓިކްސްގެ ދާއިރާއިން ރީތި ނަން ހޯދައިދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355